ފުވައްމުލަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއް ހިގައިފިއެވެ. މިއެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރިން ނައިބް ތުއްތު މަގުންނެވެ.
ފުލުހުން ބުނެފައިވާގޮތުން ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަަަށެވެ. މި އެކްސިޑެންޓްގައި 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް މިވަގުތި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދީފައިވާގޮތުން، ދެ ސައިކަލު ދުއްވާފައިވަނީ ވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.