ޚަބަރު
ޓެކްސީ ޑްރައިވަރަކު މަރާލަން މަސައްކަތް ކޮށްފި

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން ބިދޭސީއަކު މަސައްކަތް ކޮށްފިއެވެ.

މި ބިދޭސީ މީހާ ޓެކްސީ އަށް އަރާފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓެލުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާ ހިނގީ ހުޅުމާލޭ ނިރޮޅު މަގުގައި 19 ވަނަ ގޯޅީގައެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި ކާރު ހުއްޓުނު ކަމަށެވެ.

ޑްރައިވަރު މަރާލަން މަސައްކަތް ކުރީ، އިންޑިއާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެންނެވެ.

މީނާ ޑްރައިވަރަށް ހަމަލާދިނީ ދަތުރު ފައިސާ ދިނުމަށް އެންގުމުން ކަމަށް ވެއެވެ. މި ޓެކްސީ ދަތުރު ނެގެއިރު އެޗްއައިއެޗް ސަރަހައްދުގައި ހުރި މީހުން ބުނާގޮތުގައި އެމީހާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!