ރިސޯޓެއް ހެދުމަށް މީގެ ކުރިން ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގާފައިވާތީވެ ބަދަލުގައި އެހެން ރަށެއް ދިނުމަށް އެދި ވިލާ ކުންފުންނީގެ ޗެއާރމަން ގާސިމް އިބްރާހިމް، ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފުނުވައިފިއެވެ.
ގާސިމް އިބްރާހިމް މިނިސްޓަރ މައުސޫމް އަށް ފުނުވި ސިޓީ އާންމު ވެފައިވާއިރު މިސިޓީ އަކީ ސައްހަ އެއްޗެކަން ގާސިމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކައިރި ސަރަހައްދަކުން ރިޒޯޓެއް ތަރައްގީ ކުރުމަށް ކުރިން ހުށައަޅާފައިވާ ތ.ކަނިމީދޫ އާއި ތ.ކަޅުފަހަލަފުށި ދެވެން ނެތް ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، އެހެން ކަމުން އެ ސަރަހައްދުގައި ރިޒޯޓެއް ތަރައްގީ ކުރެވެން ނެތް ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފައެވެ. އެހެން ކަމުން އދ.ފެންފުށީގެ ހުޅަނގު އުތުރު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެފަޅު ހަމަޖައްސަވައި ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ގާސިމް ވަނީ އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަމަޖެއްސުމަށް އެދިފައެވެ. މި ގޮތަށް ހަމަޖެއްސުމަށް އެދުނު ސަބަބު ސާފުކޮށްދެއްވާ ވިދާޅުވީ އެތާގައި ރިސޯޓެއް ހެދުމަށްވުރެ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑެތި ހަރަދުތަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ ކަމުގައެވެ.
ތ. އެލާ ސަރުކާރަށް ނަގާފައި ވަނީ ވޭމަންޑޫ-ކިނިބިދޫ ކޯޒްވޭގެ ތެރެއަށް އެރަށް ވަންނާތީވެ ކަމަށް ވަނީ ބެލެވިފައެވެ. ވޭމަންޑޫ ކިނބިދޫ ކޯޒްވޭ އަކުން ގުޅުވާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޤާރޫން ގެ ދަހިވެތިކަން އެބަހުރި