ޚަބަރު
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށައިފިއެވެ.

އާ އަހަރުގެ ކިޔެވުން ފެށުނުއިރު މިނިސްޓްރީ އޮފް އެޑިއުކޭޝަން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ސްކޫލް ތަކުގެ މުދައްރިސުން ހަމަ ކުރުމާ އިމާރާތުގެ ދަތިކަން ހުރި ރަށްތަކުގައި ކުރެވެން ހުރި ގިނަ މަސައްކަތްތައް ވަނީ ކޮށްފައި ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ޙާލަތަށް ސްކޫލްތައް ބޭނުން ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވެސް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ރަށްތައް އެހެން ރަށްތަކުގެ ކިޔެވުން ދަރިވަރުން ސްކޫލަށް ގޮސް ކިޔެވުން ފެށިއިރު ސަރުކާރުން ވަނީ ސުކޫލް ދަރިވަރުންގެ އެސެމްބްލީ ތަކުގައި ބައިވެރިވެލެއްވުމަށް އެކި ސަރަހައްދުތަކުން ދައުލަތުގެ ވެރިން ފުނުއްވާފައެވެ.

ރާއްޖޭގެ ސްކޫލްތަކުން މިއަދު ވަނީ ދަރިވަރުންނަށް އާއަހަރުގެ ކިޔެވުން ފެށުމަށް ހޫނު މަރުހަބާ އެއް ކިޔާ ފައެވެ. ކްލާސް ތަކާއި ސްކޫލް މާހައުލު ވަރަށް ފުރިހަމަޔަށް ޒީނަތްތެރި ކޮށްފައެވެ.

ހުވަދު އަތޮޅަށް ބަލާއިރު މިވަގުތު މޮނިޓަރިންގ ހާލަތުގައި އޮތް ގދ ނަޑެއްލާ ފިޔަވައި ހުރިހާ ރަށެއްގެ ސްކޫލެއްވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!