ޚަބަރު
ފަރެސްމާތޮޑާ ފިޔޯރީ ވާދޫ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރަނީ

ގދ ފަރެސްމާތޮޑާ، ފިޔޯރީ އަދި ވާދޫ އިން އިޖްތިމާޢީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.

ގދ ވާދޫ ކައުންސިލުން އިސްނަގައިގެން ފެށި މި މަޝްވަރާތަކުގައި ވާދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ވަނީ ފަރެސްމާތޮޑާގެ ކައުންސިލާއި ފަރެސްމާތޮޑާ ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ވާދޫގައި މީގެ 2 ދުވަސް ކުރިން ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ (ވާދޫ ހަންބެ) ވިދާޅުވީ ފަރެސްމާތޮޑާ, ފިޔޯރީ އަދި ވާދޫ މި 3 ރަށުގެ މެދުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކޮށް އެއްބަސްވުމަކަށް ދިޔުމަށް ފެށީ 3 ރަށަކީ ވެސް ވަރަށް ކައިރީގައި އޮތް އަދި އެއް ރަށް އަނެއް ރަށާ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ރަށް ތަކަކަށް ވާތީކަމަށާއި މި 3 ރަށް ގުޅިގެން މަސައްކަތްކޮށްފި ނަމަ ތަރައްޤީގެ ދުވެލި ބޮޑުތަނުން އަވަސް ވެގެން ދާނެކަން ޔަޤީންވާތީ ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ވާދޫ ހަންބެ ވިދާޅުވީ ފަރެސްމާތޮޑާ ގެ ވަފްދާއެމު ގިނަ ގުނަ މަޝްވަރާ ކުރެވިއްޖެ ކަމަށާއި އެއީ ކާމިޔާބު ބައްދަލުވުނަ ތަކެއް ކަމަށެވެ. އަދި ދެން މަޝްވަރާތައް ކުރިޔަށްދާނީ ފިޔޯރީ އާއިއެކު ކަމަށާއި ފިޔޯރީ ރައީސް ފައިޒަރު ރަޝީދު އައި ވާނީ މި ވާހަކަތައް ޙިއްސާ ކުރައްވާފައިކަމަށެވެ.

މި މަޝްވަރާތައް ނިމުމާ އެކު 3 ފަރާތުގެ މެދުގައި އެއްބަސްވުމެއް ނުވަތަ އެމްއޯޔޫ އެއްގައި ސޮއި ކުރެވޭނެ. އަދި ގިނަ މަސައްކަތްތަކެއް އެއްކޮށް ކުރެވޭނެ” ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ .

ރައީސާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފަންނީ ހުނަރު ދަސްކުރުމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ. އޭގެ ތެރޭގައި ފެރީ ނިޒާމެއް 3 ރަށުގެ މެދުގައި ގާއިމް ކުރުން ހިމެނޭ ކަމަށް ވެސް ރައީސް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!