އޮގަަސްޓު މަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ފުރަތަމަ ޑޯޒް ދިނުމަށް އަމާޒުކޮށް މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
ރައީސް މިހެން ވިދާޅުވީ، ދީރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި މިއަދު ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޯވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ ކުދިންނަށް ފުރަތަމަ ޑޯޒް ދީ ނިންމާލުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކަމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.
12 އަހަރާއި 17 އަހަރުގެ ދެމެދުގެ ކުދިންނަށް ދިނުމަށް ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.