މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އިން ލ. މުންޑޫގެ މަގުތައް ސާފުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު އެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން އިން މިއަދު ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުންޑޫގައި 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ވެއްޓުނު ގެތަކާއި މަގުފާރުތަކުން ވެއްޓުނު ގާތައް މީހުން ދިރިއުޅޭ ސަރަހައްދުން ނަގައި ބިން ސާފުކޮށްފައިވާ ކަމަށެވެ.
400 އެއްހާ މީހުންގެ އާބާދީ އެއް އޮންނަ މުންޑޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ދާދި ފަހުން ބަޔަކާ ހަވާލުކޮށްފައެވެ.
ލ. މުންޑޫ އަކީ ސުނާމީ ކާރިސާގައި ބޮޑު ގެއްލުންތަކެއް ލިބުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ސުނާމީ އަށް ފަހު އެ ރަށުގެ ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް އެހެން ރަށް ތަކަަށް ބަދަލު ވެފައެެވެ.