ޚަބަރު
ހިންދޫ ދީން ކުރިއަރުވާ ޗޮކްލެޓް އަގޯރާއިން ވިއްކާ މައްސަލަ ފެންމަތިވެއްޖެ!

ހިންދޫ ދީނަށް ކުޑަކުދިން ލޯބި ޖައްސައި ޕޮރޮމޯޓުކުރުމަށް ހަދާފައިވާ ކާޓޫނު “ޗޯޓާ ބީމް” ގެ ޗޮކްލެޓް އަގޯރާއިން ވިއްކާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުަގައި މަޖީދީ މަގު އަގޯރާ ފިހާރައައިގައި މިޗޮކްލެޓްތައް ވިއްކަން ބެހެއްޓިފައިވާ މަންޒަރު ފެނެއެވެ. އަދި އާންމު ފަރާތްތަކުން މިމައްސަލަ ތަފާތު މީޑިޔާގެ ސަމާލުކަމަށްވެސް ގެނެސްފައި ވެއެވެ.

“ޗޯޓާ ބީމް” ކާޓޫނަކީ ރާއްޖޭގައި ބްރޯޑްކާސްޓުކުރުން މަނާކޮށްފައިވާ، އަދި އެ ކާޓޫނު ދައްކާވަގުތު މީޑީއާނެޓުން އެ ކޮންޓެންޓު ބްލޮކްކުރަމުން އަންނަ ކާޓޫނެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ތަފާތު މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، މި މައްސަލާގައި އަގޯރާ ފިހާރައިގެ އިސް ފަރާތެއްގެ ސަމާލުކަމަށް މިކަން ގެނައުމުންވެސް މި މައްސަލަ ހައްލުކޮށް މި ޗޮކްލެކްޓް ތައް ނަގާފައެއްނުވެއެވެ. އަދި މި މައްސަލަ ޢާންމު ފަރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން، އެކަން ހުއްޓުވޭނީ އިސްލާމިކް މިނިސްޓްރީން އެންގުމުން ކަމަށް، ސޯޝަލް މީޑިޔާގައި ދައުރުވާ ޕޯސްޓްތަކުގައި ފުލުހުންނަށް ހަވާލާދީ ބުނެފައިވެއެވެ.

މިކަމާއި ބެހޭގޮތުން ރަސްމީ ބަހެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ގުޅުމުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައިނުވާއިރު ފުލުހުންގެ ވެސް ރަސްމީ ބަހެއް ލިބިފައިނުވެއެވެ.

ބާތިލް ދީންތަކާއި އަޤީދާތަކުގެ އެއްވެސް އެއްޗެއް ވިއްކުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ބެހޭ ޤާނޫނުން މަނާކަމެކެވެ. އެހެންކަމުން ފުލުހުންނަށް މިކަން ހުއްޓުވެން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!