ޚަބަރު
ތިނަދޫއިން ދޫކުރި ފްލެޓެއް ދެވުނީ އޮޅުމަކުން ކަމަށް ބުނެ އަނބުރާ އަތުލައިފި

ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓް ތަކުގެ ތެރެއިން ޙަވާލު ނުވެ ހުރި ފްލެޓްތައް ޙަވާލު ކުރުމަށް މި މަހު 8 ވަނަ ދުވަހު ނެގި ގުރުއަތުން ދެވުނު ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ތިނަދޫ ކައުންސިލުން އަނބުރާ އަތުލައިފިއެވެ.

ތިނަދޫގައި އަޅާފައިވާ 120 ފްލެޓްގެ ތެރެއިން ޙަވާލު ނުކޮށް ބާކީ ހުރީ 15 ފްލެޓް ހަވާލުކުރުމަށް ބޭއްވި ގުރުއަތުލުމަށް ފަހު އެ ފްލެޓް ލިބުނުފަރާތުގެ އަތުން ފްލެޓް ކައުންސިލުން އަނބުރާ އަތުލާފައިވަނީ މިއަދުއެވެ.

މިކަމާއި ގުޅިގެން “ހުވަދޫ ނިއުސް” އިން ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ އަށް ގުޅާލުމުން، ރައީސް ސަޢުދު ވިދާޅުވީ އެ ފްލެޓް އަތުލާފައިވަނީ އިދާރީ އޮޅުމަކުން ދޫކުރެވުނު ފްލެޓަކަށް ވުމުން ކަމަށެވެ. އަދި އެއީ ޝަރުތު ފުރިހަމަވެ، ގުރުއަތަކާއި ނުލާ ފްލެޓް ލިބެންޖެހޭ ފަރާތެއް އިދާރީ އޮޅުމެއްގެ ސަބަބުން އެ ލިސްޓުގައި ހިމެނިފައި ނެތުމުން ގުރުއަތުން ދޫކުރެވުނު ފްލެޓެއް ކަމަށްވެސް ތިނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ، ފްލެޓް ހައްގުވާ ފަރާތަށް ފްލެޓް ނުލިބި އެހެން ފަރާތަކަށް ފްލެޓެއް ލިބުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި، އިދާރީ އޮޅުމުގެ ސަބަބުން ދިމާވި މައްސަލައަށް މައާފަށް އެދޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ އިދާރީ ގޮތުން ދިމާވި މައްސަލަ ބަލަމުން ދާކަމަށާއި، މިއަދުގެ ވަގުތެއްގައި ފްލެޓު ދެވުނު ފަރާތުގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވިއެވެ.

ތިނަދޫ ގައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން އަޅާފައިވާ 120ގެ ތެރެއިން 105 ފްލެޓްވަނީ އޭގެ ވެރި ފަރާތްތަކާ ޙަވާލު ކޮށްފައެވެ. އަދި ބާކީ ޙަވާލުނުކުރެވި ހުރި 15 ފްލެޓަށް ޖުމްލަ 310 ފަރާތަކުން ވަނީ ތިނަދޫ ކައުންސިލަށް ފޯމު ހުށަހަޅާފައިއެވެ. ބަކީ ހުރި ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި މި މަހު 8 ވަނަ ދުވަހުގެ ރޭ ވަނީ ތިނަދޫ ކައުންސިލް އިދާރާގައި ގުރުއަތުލުން ބާއްވާފައެވެ.

 1. އިންސާފު

  ކޮބާތަ އިންސާފަކީ 4ކުދިން ތިބި މީހުއްނަ ވެސް ނުދީ 1ކުދިން ތިބި މީހުއްނައް ވެސް ދީފަ ހުރީ

 2. ހަސަނަ

  3 ކުދިންނާއި ނުކުޅެދުންތެރިކަންހުރި މަންމްުޔަކާއި ބައްޕްޔެއް އަދި ބަލިވެއުޅޭ އަތްބެއް ގޮވައިގެން ތަނެއްކުޔަން ހިފއިހެން ދިރިއުޅޭއިރު އަދި އަބިމީހާއަކީ އެހެން ރަށްކަށް ނިސްބަތްވާ މީހަކަށްވައިރުބެސް 32 ޕޮއިން ދިނުމަކީ ތިކައިންސިލުހެ އިންސާފު އެގިހެން ދާކަމެކެވެ.
  ޝޚިރުރިއްޔާ

 3. ޟސަނަ

 4. ޖާބިރު

  ތިކައުންސިލަކުން އިންސާފު ތިނަދަު އެއްވެސް މީހަކަށް ނުލިބޭނެ. ގަވައިދާ ހިލާފަށް ހިރިހާ ކަމެއްކުރަނީ ރައީސް. މުޅި ތިނަދޫ އަށް ކޮވިޑް ފަތުރާ އެންމެން ގޭބަންދުކޮށް ގަވައިދާ ހިލާފްއަށް ވިޔަފާރިކޮށް ހަރާން ފައިސާ ހޯދަނީވެސް އެ. ބަލިޖެހުނުބިދޭސީންލައްވާ ކާއެއްޗެތިކައްކާ މީހުންނަށް ބަލިޖެއްސީވެސް އެޔާ. ޕެޓިސަންހަދާއެޔާބޭރުކުރޭ

 5. މިމީ ހުއްނައް މުހިމީ ތިނަދޫ މީހުއްނެނޫ ރަރަށުމީހުން ތިނަދޫ މީހުން މިއުޅެނީ ވައްނާނެ ތަނެނެތިގެން

 6. ޢިސްތިއުފާ

  ޕޮރެފެސަރ ހެދީގެންވޮންނާ ސައުދު ވަރަން ސަލާމް މިހިދެ ތަން ވޯޓް އޮޑީމީހޮންނެ އެކަމާ ވިޔުނެ މޮޔެ ހިތަށް އަރައްނެއްޔާާާ
  ބަދަރުމަންތޭ ހައިއްކަ ރުކެ ޖެހުނެމެއި ތެއްމިހާ އައްޓެއި ކަންތެތި އެގެނެ މީހަކުން ނެތިކަމަން ހެދީގެން ތިވޮން ނާ