ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުުނެފައެވެ.
މިދިޔަ ހޯމަ ދުވަހު އެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
5 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން ބިންގަނޑު އެއްވަރު ކުރަން 5،000 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.
އަދި މީގެ އިތުރުން 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސް ވަނީ ޖަހާފައެވެ.