ޚަބަރު
އާބާދީގެ 60% މީހުން ވެކްސިން ފުރިހަމަ ކުރަން ދެން ރަށުން ފުރާ މީހުން ޓެސްޓް ހަދަން ޖެހޭނެ

ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުން ކޮވިޑް ވެކްސިން ފުރިހަމަ ނުކޮށް ތިބި ނަމަ، ރަށުން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރަން ފެށުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައި ހއ. ދިއްދޫގެ މޮނިޓަރިން އުވާލިކަން އަންގައި ފޮނުއްވި ލިޔުމުގައި ވަނީ ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ހދ. ކުޅުދުއްދުށީގެ މޮނިޓަރިން އުވާލައި ރަށް ހުޅުވާލިއިރު އެރަށަށް ފޮނުވި ލިޔުމުގައި މިގޮތަށް ޓެސްޓް ކުރަން ޖެހޭ ވާހަކަ އަންގާފައި ނެތެވެ.

މި ދެރަށުގެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަަދަށް ބަލާއިރު ކުޅުދުފުށީގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވީ ނަމަވެސް ދިއްދޫގެ 18 އަހަރުން މަތީގެ އާބާދީން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 39 އިންސައްތަ މީހުންނެވެ.

އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ދެވެންދެން، ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭ ގޮތަށް ބަދަލެއް ގެނައިކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް ކޮވިޑް ދިފާއު ވެކްސިން ޖެހުމަށް ބާރުއެޅުމަށް ސަރުކާރުން ދަނީ ގިނަ އުސޫލުތަކަށް ބަދަލު ގެންނަމުންނެވެ.

Comment