ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކުރި ކަމުގެ ތުހުމަތުގައި ގއ. ދާންދޫ ކައުންސިލްގެ ރައީސް, މުޙައްމަދު އާސިފްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި މައްސަލައެއްގެ ތުހުމަތަށް ހަތަރު މީހެއްގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިފަދަ އޮޕަރޭޝަންތަށް ހިންގުމުގެ ކުރިން އެ އޮޕަރޭޝަން ހިންގާ ރަށެއްގެ ކައުންސިލާއި ހިއްސާ ކުރެއެވެ.
މި ފަދަ މައުލޫމާތެއް ލީކު ކުރިކަން ސާބިތުވާ ނަމަ އެ ބަޔަކާއި ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.