ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓު ހައުސްއަށް ޗެކިން ކުރެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކޮށްފިއެވެ
އެޗްޕީއޭ އިން މިއަދު އާއްމު ކުރި އުސޫލުގެ ދަށުން މުޅި އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވެފައިވާ ރަށްތަކާއި، ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވެފައިވާ ރަށްތަކަށް ވެކްސިން ފުރިހަމަ ނުކުރިޔަސް ދަތުރުކުރެވޭނެއެވެ.
ރާއްޖޭގެ ވެކްސިން ޖަހަމުންދަނީ އުމުރުން 18 އަހަރުން މަތީގެ މީހުއްންނަށްށެވެ. މިގޮތުން އއ.މަތިވެރީގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 90 އިންސައްތަ މީހުން ކަމަށާއި މަތިވެރީގެ އާބާދީއިން ވެކްސިންޖެހޭ އެންމެންވަނީ ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒް ލިބިފައި ކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ.