އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު ރަސްކަމަށް އިސްވެވަޑައިގެން ވަރަށް ތާފާތުކަންތައް ކުރެއްވެވިއެވެ. މީގެ ތެރޭން އެއްކަމަކީ، ވޯރާ އިންނަށް މިސްކިތެއް އަޅާނެ ގޯއްޗެއް ދެއްވުމެވެ. ވޯރާއިން މިސްކިތުގެ ބިންގައި އަޅައި މިސްކިތުގެ މަސައްކަތް ފަށައިފިއެވެ. މިތަން ދެކެފައި ހަވޮއްޑޭ ތުއްތިދީ އެއް ދުވަހަކު، ކުނބޯ ޙާޖީ ގާތު ވިދާޅުވެއްޖެ އެވެ. ތިޔަ ހުރީ ކުޅަނދުރު ހަތައެއް ހަދަން ފަށާފަ އެވެ. މި ވާހަކަ ޢަބްދުލްމަޖީދު އަރިހުގައި ޙާޖީ ދަންނަވައިފި އެވެ. މިކަމާ ޢަބްދުލްމަޖީދު ވަރަށްބޮޑަށް ކޯފާ އިސްކުރައްވާ ތުއްތީދީ ބަލައި ފޮނުއްވައިފިއެވެ. ތުއްތުދީދީ އައުމުން ވިދާޅުވި އެވެ. ތުއްތީދީ އެވެ. ތިޔަ ބުނަނީ އަހަރެން މޮޔަކަމެއް ކުރިވާހަކަހޭ؟ ތުއްތުދީދީ ބުނުއްވެވިއެވެ ނޫން ނޫން އެއްގޮތަކަށްވެސް އެހެނެއްނޫން، އަޅުގަނޑު ބުނީ ބުއްދިވެރިކަމެއް ކުރެއްވި ވާހަކަ އެވެ. ކުޅަނދުރު ހަތާ ހަދަމުން ގޮސް، ވަރަށް ބޮޑުވީމާ ހަތާ ދޫކޮށްލާފައި ކުޅަނދުރުތައް ހިނގައިދާނެ އެވެ. އޭރުން ހަތާ އަޅުގަނޑުމެންނަށް ލިބުނީ އެވެ. ޢަބްދުލްމަޖީދު ދީދީއަށް ހިނިފުޅުވެޑުވިއްޖެއެވެ.
ހަވައްޑޭ ތުއްތުދީދީ ބުނިގޮތަށް މިހާރު ވޯރާއިން އިމާރާތްކުރި މިސްކިތްއެހުރީ ދިވެހި ދައުލަތައް ލިބިފައެވެ. މިހާރު އެސްޓިއޯ ސުޕަމާރކެޓް ފުރަގަހުން އެފެންނަ މަސްޖިދުއްސުލްޠާނު މުޙަންމަދު ޝަމްސުއްދީން ތިނެއް މިމިސްކިތަކީ ވޯރާއިން ވަރަށް ވަރުގަދައަށް ހާދާފައިހުރި މިސްކިތެކެވެ. ކުރިން އެއީ ބުމްބާ މީހުންގެ މިސްކިތެވެ. ފަހުން ބަންޑާރަ މިސްކިތޭވެސް މިމިިސްކިތައް ކިޔުނެވެ. ކޮންމެއަސް ވޯރާއިންނަށް މިސްކިތެއް ނުގެންދެވުނުތާއެވެ. ތުއްތުދީދީ ބުނިގޮތަށް ހަތާގަނޑު ދޫކޮށްފައި އެމީހުން ދިޔައީއެވެ.
ހަތާގަނޑު ދޫކޮށްފައި ކުޅަދުރުތަށް ދިޔަޔަސް ހަތާގަނޑު ބަޔަކު ހަލާކު ކޮށްފިއްޔާމު ހަތާ ނުލިބޭނެތާއެވެ. އެހެން ނޫންނަމަ އައްޑޫގައި އިނގިރޭސިން ހެދި ހަތާތަށްވެސް މިއަދުވެސް ފެންނަން ހުރީހެވެ.
އިނގިރޭސީން ގަމުން ފައިބައިގެން ދިޔައިރު އެތަނަށް ދޫކޮށްފައިދިޔަ ކުޅަދުރު ހަތާތަކުގެ އަގު އެތަކެއް މިލިއަން ސްޓާރލިންގ ޕައުންޑަށް އަރައެވެ. މީދޫ އޮންލައިން ވެބްސައިޓްގައި އިނގިރޭސިން އައްޑޫއަށް ދޫކޮށްފަދިޔަ ތަކެތި، މި ލިޔުމުގައި ލިޔުއްވާފައިވެއެވެ. އިނގިރޭސީން އައްޑޫ އަށް ދޫކޮށްފަދިޔަ ތަކެތީގެތެތޭގައި އެއްމަސް ދުވަހަށް އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގޭވަރަށް ގަމުގެ ތެޔޮ ޓޭންކްތައް ފުލްކޮށްފައި ހުއްޓެވެ.
ގަމުގެ އިންޖީނުގެއިން ދެއިންޖީނެއް ފިޔަވައި އެހެން ހުރިހާ އިންޖީނެއް ބެހެއްޓެވިއެވެ. އެއަރޕޯޓް ހިންގުމަށް ހުރިހާ ލޭންޑިން ލިއްޓްސް، އިންސްޓްރަމެންޓް ލޭންޑިންގ ސިސްޓަމާއިއެކު ހުރިހާ ނެވިގޭޝަން އެއިޑްއެއް، އެޕްރޯޗް ރާޑަރ، ޕްރޮސިޝަން އެޕްރޯޗް ރާޑަރ، ނެވިގޭޝަން ޓެކްޓިކަން އެއްޑް ސިސްޓަމް، ނޮން ޑައިރެކްޝަނަލް ބީކަން، ގުރައުންޑް ޓު އެއަރ ކޮމުއިނިކޭޝަން ސިސްޓަމް، މިނި ކޮމިއުނިކޭޝަން ސިސްޓަމްތަކާއިއެކު ފުރިހަމަ ކޮންޓްރޯލް ޓަވަރެއް ހިމެނެއެވެ.
މެޓް އޮފީހާއި އެއާއި ގުޅޭ ތަކެތީގެ ތެރޭގައި ބެރޯޓަރުތަކާއި ކުލައުޑް ސާޗް ލައިޓްތަކާއި ބެލޫނާއި އެޔަށް ބޭނުންވާ ހައިޑްރޯޖަން ސަޕްލައިވެސް ހިމެނެއެވެ. މަތިންދާބޯޓަށް އަރާފައިބާ ހަރުގަނޑުތަކާއި ޕާކް ކޮށްފައި އޮންނަ މަތިންދާ ބޯޓްތަކަށް ބޭނުންވެދާނެ އެއަރކޮންޑިޝަނިން ސެޓްތަކާއި، ގުރައުންޑް ޕަވާ ސިސްޓަމް، އެއަރ ސްޓާރޓަރ، ބެގޭޖް ޓްރޮލީ ވެހިކަލްތައްވެސް ހިމެނެއެވެ. މާމެންދޫގައި ހުރި ޓަވަރުތަކާއި ގަމުގައި ހުރި ޓަވަރުތަކާއި މުވާސަލާތީ ސާމާނުވެސް ހަދިޔާކުރެއްވެވިއެވެ. އޭގެތެރޭގައި ތިރީސް ކިލޯވޯޓްގެ ރޭޓިންއަށް ވާސިލްވެވޭ މާކޯނީ ސެޓެއްވެސް ހިމެނެއެވެ.
މީގެ އިތުރުން ގަމުގައި އޮޓޮމެޓިކް ޓެލެފޯން އެކްސްޗޭންޖް އާއި ސްވިޗްބޯޑް ހަދިޔާކުރިއެވެ. ރޭޑިއޯ ގަމުގެ މުޅި މަރުކަޒް ހުރިގޮތަށް ހުރިހާ ސާމާނާއެކު ހަދިޔާކުރިއެވެ. މީގެ އިތުރުން އެކި ސައިޒްގެ ވިއްސަކަށް ބޯޓާއި ލޯންޗްވެސް ހަދިޔާކުރިއެވެ. އޭގެ ތެރޭގައި ސްޕީޑް ލޯންޗާއި ކޮޅުވެއްޓިއާއި ބަނޑުވެސް ހިމެނެއެވެ. އެއްގަމު އުޅަދުގެ ސާޅީސް އުޅަނދު ހަދިޔާކުރިއެވެ. އޭގެ ތެރޭގައި ލޮރީ، ކާރު، ތެޔޮޓޭންކަރު، ފަޔަރ ލޮރީ ހިމެނެއެވެ
ނަމަވެސް ބަޔެއްގެ އަނިޔާވެރިކަމުގައި އައްޑޫގެ ރައްޔިތުން ޖައްސުވާލީއެވެ. އިނގިރޭސީން ދޫކޮށްފައި ދިޔަ ހުރިހާ ތަކެއްޗެއް ލޫޓްވާލާ ބަޔަކު އަރުތެއްމައި ބަޑުއަޅާލީއެވެ. ސަބަބަކީ އައްޑޫ ރައްޔިތުން ވަކި ސަރުކާރެއް އުފެއްދީތީވެ ބާލުވާލި ހަސަދައެވެ. އައްޑޫ ތަރައްޤީ ކުރުމުގެ ބަދަލުގައި ލޫޓުވައި ސުއްނާފަތި ކޮށްލީއެވެ. އިގިރޭސިން އިމާރަތްކުރި ހޮސްޕިޓަލްތައްވެސް ލޫޓްވާލުމުން އެތަންތާތިބި އިގިރޭސީ ޑްކްޓަރުންނާއި ޓެކްނީޝަނުންވެސް ފުރައިގެން ދިޔައީއެވެ. ފަހުން އައްޑޫ އާރާސްތުކުރުމަށް އިނގިރޭސީ ސަރުކާރުން ދެއްވި 3 މިލިއަން ސްޓަރލިންގ ޕައުންޑްވެސް އޭރުތިއްބެވި ވެރިން ބަޑުއަޅާ ގަނުވާލީއެވެ.
ހަވައްޑޭ ތުއްތުދީދީ ބުނިގޮތައް މިފަހަރު ކަންތައްނުވިއެވެ.