ޚަބަރު
މަޖިލީހުގެ މެޖޯރިޓީ އެބައޮތް އަދި މެޖޯރިޓީ ހިފަހައްޓާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަތްޕުޅުގައި އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުދަނގޫ ކަމެއްކަން ފާއިތުވެދިޔަ ވެރިކަން ތަކުގައި ފެނިފައިވާނެކަމަށެވެ. ޚާއްސަކޮށް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވާ މައްސަލަކަމަށެވެ.

” ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު. މެޖޯރިޓީ ނެތި ވެރިކަން ކުރަން ވަރަށް އުދަނގޫވާނެ. 2008 އިން ފެށިގެން މިފެންނަނީ އެމަންޒަރު. އެމްޑީޕީއަށް ފުރަތަމަ ވެރިކަމުގައި ދިމާވީވެސް މަޖިލިސް ނުލިބުމުގެ މައްސަލަ. ވެރިކަމުގައި ހުންނައިރު މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނަން. އަޅުގަނޑު މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓާނަން..” – ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ މެޖޯރިޓީ ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ރައީސް ކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސް ނަޝީދާއި، ސިޔާސީ ގޮތުން އަބަދުވެސް ޚިޔާލު ތަފާތުވާކަމަށެވެ. ޚާއްސަކޮށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ނިންމަވާ ނިންމުންތަކުގައި ދެބޭފުޅުންގެ ޚިޔާލު ތަފާތުވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!