ކުޅިވަރު
ދެ އަހަރު ދުވަހަށް މެސީ ޕީއެސްޖީއަށް

ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ

ޖޫން މަހުގެ 30 ވަނަ ދުވަހު ބާސެލޯނާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވެފައިވާއިރު، ބާސާއިން ވަނީ މެސީގެ އެއްބަސްވުން އާކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު ލަލީގާގެ މާލީ ގަވާއިދުތަކުގެ ސަބަބުން ބާސާއަށް ޖެހުނީ ފަހު ވަގުތު މެސީ ދޫކޮށްލާށެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. 34 އަހަރުގެ ފޯވާޑް ޕީއެސްޖީ އާ ގުޅެން ސޮއިކުރި އެއްބަސްވުމުގައި އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ހިމަނާފައެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާގެ ޓީމާ ގުޅުނު މެސީ ވަނީ އެ ކްލަބަށް ކުޅުނު 778 މެޗުގައި 672 ލަނޑު ޖަހައިފަ އެވެ. ހަތަރު ޗެމްޕިއަންސް ލީގު ހިމެނޭގޮތަށް ބާސެލޯނާއާ އެކު މެސީ 35 ތަށި ހޯދި އެވެ.

Comment