ޚަބަރު
ދީނީ ދަރުސަކަށް އަލީ ރަމީޒު މަޑަވެއްޔަށް

ދީނީ ދަރުސް އެއް ދެއްވުމަށް އަލީ ރަމީޒު ބިން ޤާސިމް ގދ މަޑަވެއްޔަށް މިއަދު ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

“ޒުވާންކަން މިލާ މޯޅި ވާތަން ދެކޭށޭ” ގެ ނަމުގައި މަޑަވެލި ކައުންސިލުން އެރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން މިރޭ 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްގައި އަލީ ރަމީޒުގެ އިތުރުން އައްޝައިޚް މުޖްތަބާ ޙަމީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ، މިދަރުސަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން މަޑަވެލީގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދަރުސެއް ކަމަށާއި، މިދަރުސް އަޑުއެހުމަށް ހޯނޑެއްދޫ ރައްޔިތުންނަށް ވެސް ދައުވަތު ދެވިފައިވާ ކަމަށެވެ. އަދި މިދަތުރުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިވަނީވެސް މަޑަވެލީ ކައުންސިލުން ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.

މިދަރުސަށް ފަހު މާދަމާ ހަވީރު އަންހެނުންނަށް ހާއްސަކޮށްގެން އިތުރު ދަރުސްއެއް ބޭއްވޭތޯ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަންވެސް ފިޔާޒް ފާހަނގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!