ޚަބަރު
ދާންދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ

ގއ ދާންދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މިމަޝްރޫއުގެ ދަށުން، ދާންދޫގައި 25 ހެކްޓަރުގެ ބިން ހިއްކުމާއި 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއްގެ އިތުރުން 240 މީޓަރުގެ ސަރަހައްދެއްގަިއ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމަސައްކަތް ކުރާ އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 186.6 މިލިއަން ރުފިޔާއަށެވެ. އަދި މިމަސައްކަތް ނިންމައި ހަވާލުކުރުމަށް ދީފައިވަނީ 350 ދުވަހުގެ މުއްދަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!