ޚަބަރު
ވެކްސިން ޕާސްޕޯޓު ތައާރަފް ކޮށްފި

“ކޮވިޑް ސޭފް” ގެ ނަމުގައި ޑިޖިޓަލް ވެކްސިން ކާޑެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ތައާރަފުކޮށްފި އެވެ.

މިކަމަށްޓަކައި އެޗްޕީއޭއިން ހާއްސަކުރި ކޮވިޑް ސޭފް އެމްވީ ޕޯޓަލް އަކީ ހެލްތް މިނިސްޓްރީން ރަސްމީކޮށް ބޭނުން ކުރާނެ ވެކްސިން ޕާސްޕޯޓެވެ.

ވެކްސިނާ ގުޅޭ މައުލޫމާތުގެ އިތުރަށް، އެންމެ ފަހުން ހެދި ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ ގެ އިތުރަށް ލިބިފައިވާ ލުއިތައް މި ޕޯޓަލް ބަލާލުމުން އެނގޭނެ އެވެ.

މި ވެކްސިން ޕާސްޕޯޓް އެތެރޭގެ ބޭނުންތަކުގެ އިތުރަށް، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވެސް ބޭނުން ކުރެވޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެން ނަމަވެސް އެކި ގައުމުތަކުގެ އުސޫލުތައް ތަފާތު ވުމާއެކު ލިޔެކިޔުންތަކަށް ބޭނުން ޖެހިއްޖެ ހިދެއްގައި ލިޔެކިޔުން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއީން މައުލޫމާތު ދެއެވެ.

މި ޕޯޓަލްގައި މައުލޫމާތުތައް ހޯދާފައިވަނީ ދިފާއު ވެކްސިން ޕޯޓަލް ގައި ހުރި މައުލޫމާތު ތަށް އެއްކޮށްގެންނެވެ. މި ޕޯޓަލް ގައި މައުލޫމާތު އެހެން ފަރާތަކާއި ހިއްސާ ކުރުމުގެ ބާރު އޮންނާނީ އެ މައުލޫމާތެއް ނިސްބަތްވާ ފަރާތަށް އެކަނި ކަމަށާއި އެ ފަރާތުން ބޭނުން ވާނަމަ ތިން ވަނަ ފަރާތަކަށް އެ މައުލޫމާތު ފެންނަ ގޮތަށް ހެދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޑިޖިޓަލް ޕާސްޕޯޓް ތައާރަފް ކޮށްފައި މިވަނީ ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއް ގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮޔުން އާންމުން އެއްވެ އުޅޭ ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަނަށް އެތެރެވުމުގައި ވެކްސިން ނުޖަހާ ނަމަ ތަފާތު ކުރުންތައް ގެން ގުޅެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ އަމާޒު ހިފައި މި ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފައި ވަނީ މި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ވަކި އުސޫލަކުން އަމަލު ކުރުމުގެ ހުއްދަ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ދެވޭނެ ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!