ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ދެކުނުގެ 18 ރަށަކަށް ކުރަށްވާ ދަތުރުފުޅު ފަށްޓަވައިފިއެވެ.
ޖުމްލަ 10 ރިސޯޓަކާއި މީހުން ދިރއުޅޭ 2 ރަށެއް ހިމެނޭހެން ކުރަށްވާ ދަތުރުގެ މައިގަނޑު މަގްސަދަކީ ރިސޯޓް ތަކުގައި ހާލަތު ބަލައި ހުރި ގޮންޖެހުންތައް އޮޅުންފިލުވައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރުމެވެ.
ދަތުރުގެ ބައިވެރިވި އިސްވެރިން
ޓޫރިޒަމް މިނިސްޓްރީގެ މިދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އާއި އެމިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދެކުނުގެ ދާއިރާތަކުގެ ބައެއް މެމްބަރުންނާއި އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ސިޓީ މޭޔަރުން ހިމެނެއެވެ.
- މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
- ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ
- ސީނިއާރ ޕޮލިސީ ޑިރެކްޓަރ ރިއްފަތު ރަޝީދު
- ސީނިއާރ އެގްޒިކިއުޓިިވް ޑިރެކްޓަރ އަބްދުﷲ ޝަރީފް
- އެގްޒިކިއުޓިިވް ޑިރެކްޓަރ ފަޒީލާ އަލީ
- އެޑްމިނިސްޓްރިވް އޮފިސަރ މިލްނާ އަބްދުލް މުހްސިން
- މެމްބަރ ސައުދު ހުސެއިން
- މެމްބަރ ޔައުގޫބް އަބްދުﷲ
- މެމްބަރ އަހްމަދް ސައީދް
- މެމްބަރ އަބްދުލް މުޣުނީ
- މެމްބަރ ހަސަން ފިރުޝާން
- ގއ. އަތޮޅު ރައީސް އިބްރާހިމް ޝަހީން
- ގދ. އަތޮޅު ރައީސް ހަސަން ފައިހަތް ގުދުރަތުﷲ
- އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު
- ފުވައްމުލަކު ސިޓީ މޭޔަރ އިސްމާއިލް ރަފީގް
- މަޓީގެ ޑެޕިއުޓީ ޖެނެރަލް އައްސަދް އަލީ
- ޖީއޭއެމްގެ ރައީސް އަބްދުﷲ ނަޝީދް( ޖީއޭއެމް)
- އޭޓިއޭގެ ރައީސް ޔޫސުފް ރިއްފަތު (އޭޓީއޭ)
- އިނާރ މޯލްޑިވްސްގެ ސީއީއޯމުހައްމަދު ފިރާގް
- މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދް
- ރިސޯޓް ލައިފްގެ ސީއީއޯ މުހައްމަދް ޝާޒް ވަލީދް
- އައިލޭންޑް އޭވިއޭޝަންގެ އެމްޑީ މިހާދް
- ލެޓްސްގޯ މޯލްޑިވްސްގެ މުހައްމަދު ރިޔާޒް
- އެންބީއޭއެމް ގެ ރައީސް އަހްމަދް އަފްރާހް
- ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަަރ އޮފް އެއާ ޓްރާންސްޕޯޓް އަބްދުﷲ ރަަޝީދު
- ގަން އެއާރްޕޯޓުގެ އެމްޑީ ގައިސް ނަސީރް
ދަތުރުގެ އެޖެންޑާ
މިއަދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ރޮބިންސަން ކްލަބް މޯލްޑިވްސް އާއި އަމާރީ ހަވޮއްޑާ މޯލްޑިވްސް އާއި ހޯޑެއްދޫ އާއި ކާޑެއްދޫ އަދި ރަފެލްސް މޯލްޑިވްސްގެ އިތުރުން އަޔާޑާ މޯލްޑިވްސް އަށެވެ.
މާދަމާގެ ދަތުރުތައް ހެދުނު 11:00 ގައި ފެށޭއިރު ފުރަތަމަ މަންޒިލަކީ ޕާރކް ހަޔާތް ރިސޯޓެވެ. އެއަށް ފަހު ޕަލްމުން މާމުޓާއާއި ކޮލަމާފުއްޓަށް ފަހު ރެސިޑެންސް މޯލްޑިވްސް އަށް ވެސް ދަތުރުކުރާނެ އެވެ
ތިންވަނަ ދުވަހުގެ ދަތުރުތައް ފަށާނީ ކޫއްޑޫއިންނެވެ. ކޫއްޑޫއިން ގަމަށް ގޮސް އައްޑު އަތޮޅުގެ 3 ރިސޯޓު ކަމަށް ވާ ހެރަތެރާއާއި، ޝަންގްރިއްލާގެ އިތުރުން ސައުތް ޕާމް އަށް ދަތުރުކުރާނެ އެވެ.
އެންމެ ފަހަށް މިނިސްޓްރީން ފުވައްމުލަކު ސިޓީ އަށް ދަތުރުކުރައްވާނެއެވެ. ފުވައްމުލަކު ސިޓީގެ ގެސްޓް ހައުސްތަކާއި ކައުންސިލްތަކާއި ބައްދަލު ކުރަށްވާނެއެވެ،
ފަރެބިތު ސަރަގައްދަށް އެއްވިއަސް ކަމެކެ ނެތިދާ