ޚަބަރު
ދިޔާނާ އާއި ޖާބިރު ވަރިވެއްޖެ

ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުﷲ ޖާބިރު ކުއްލިގޮތަކަށް އަނބިކަނބަލުން ދިޔާނާ ސަޢީދު ވަރިކުރައްވައިފިއެވެ.

ދިޔާނާ ސަޢިދު އަކީ މީގެ ކުރިން ދިވެހިިރާއްޖޭގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ހައިޕްރޮފައިލް ބޭފުޅެކެވެ. ޖާބިރު އާއި ދިޔާނާ އާއި ދެމަފިރިން ވަރިވެފައިވާކަން ތަފާތު މީޑިޔާތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ. ދިޔާނާ ޓްވިޓާގައި، އޭނާ އަކީ އެއްވެސް މީހެއްގެ އަތްބެއް ނޫންކަން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އެކަމަކީ އެއީ އެދެމަފިރިންގެ ޒާތީ ކަމަކަށްވާތީ އިތުރު މައުލޫމާތު ދިޔާނާ ހާމަ ކުރަން އުޒުރުވެރިވާކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ދިޔާނާއާއި ޖާބިރު ވަރި ވެއްޖެ ކަމުގެ އަޑުތައް ގަދަވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން ދާދި ފަހުން ދިޔާނާ ވަނީ އޭނާގެ އަމިއްލަ ފޭސްބުކު އެކައުންޓުގައި “ސިންގަލް” ކަމަށް ވެސް ޖަހާފައެވެ.

އަދި އޭގެ ފަހުން މިއަދުގެ ވަގުތެއްގައި ޓުވިޓާ މެދުވެރިކޮށް ވެސް ދިޔާނާ ވަނީ އެއީ “މީހެއްގެ އަނތްބެއް” ނޫން ކަމަށް ވިދާޅުވެފައެވެ.

ދިޔާނާ އާއި ޖާބިރު ކައިވެނި ބައްލަވައިގަތީ މީގެ 16 ވަރަކަށް އަހަރު ކުރީންނެވެ. މި ދެ ބޭފުޅުންގެ ކައިވެންޏަށް ދެ ފިރިހެން ބޭފުޅުން ވަނީ ލިބިވަޑައިގެންފައި ވެއެވެ.

  1. ައާމިނަަ

    ދިޔާނާ ވާ ކެތްގަދަ. ކުރިންވެސް ޖާބިރު ހަމަމަގަށް އަޅުވަން މަސައްކަތް ކުރިނަމަ ބޯގަޅި ކަންތައް ނުކުރާނެ.