ޚަބަރު
ތިނަދޫ ކައުންސިލްގެ ރައްޔިތު ބައްދަލުވުމުގައި ތަފާތު ކަންތައް ތަކެއް

ފާއިތުވި 6 މަސްދުވަސް ތެރޭގައި ކައުންސިލް ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މަޤާމުގައި ބޭއްވި ބައްދަލުވުމުގައި ވަރަށް ތަފާތު ކަންތައް ތަކެއް ފެނިގެން ދިޔައެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ގެ ވާހަކަ ދެއްކުމަށް ފަހު ފާއިތުވި 6 މަސްދުވަހުގެ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅިގެން ދިޔަ ރޭގެ ބައްދަލުވުމުގައި ފެނިގެން ދިޔަ އެންމެ ފާހަގަ ކޮށްލެވުނު އެއްކަމަކީ ކުރިޔަށް އޮތް 5 އަހަރަށް ތިނަދޫ ކައުންސިލުން އެކުލަވާލި ތަރައްޤީ ގެ ޕްލޭން ފޮތެއްގެ ގޮތުގައި ނެރުނު އިރު ކުރީގެ ކަތީބުންނާއި ދިގު މުއްދަތަކަށް ތިނަދޫ އޮފީހުގައި މަސައްކަތް ކުރި އެމީހުން ޝަރަފުވެރި ކަމާ އެކު އެ ފޮތް ނެރެދެއްވުމެވެ. އޭގެ ތެރޭގައި އެ އޮފީހުގައި މަސައްކަތް ކުރަމުންދާ އެންމެ އާދައިގެ މީހުންވެސް ހިމެނޭ ކަމެވެ. ރޭގެ ބައްދަލުވުމުގައި 96 މީހުން ބައިވެރިވި އިރު އޭގެ ތެރޭގައި ހިމެނުން ގިނަ ބަޔަކު އެކަން ފާހަގަ ކުރީ ސިހުމެއް ލިބުނު ކަމެއްގެ ގޮތުގައެވެ.

މުޅިތިނަދޫ ގެންމެހާ ރައްޔިތުންނަށް ދައުވަތު ދެވިގެން ބޭއްވި ރޭގެ ބައްދަލުވުމުގައި ފާހަގަ ކޮށްލެވުން އަނެއް ކަމަކީ މީގެ ކުރިން ކައުންސިލަރުންގެ ގާތުގައި މަސައްކަތް ކުރި ފަރާތްތަކަށް ޚިދުމަތުގެ އަގު ވަޒަންކޮށް ދެއްވި ހަނދާނީ ފިލައެވެ.

ހުވަދު އަތޮޅުގެ އެހެން އެއްވެސް ކައުންސިލަކުން އަދި މިހާތަނަށް މިފަދަ ކަމެއް ކޮއްފައިވާކަން ފާހަގަ ނުވާއިރު އެކަންވެސް ވީ ވަރަށް ތާރީޚީ ތަފާތު ކަމަކަށެވެ. ނަމަވެސް އެ ފިލާތައް ޙަވާލު ކުރެއްވުމަށް ފާއިތުވި 3 ދަރުގެ ހުރިހާ ކައުންސިލަރުންގެ ނަންތައް ގޮވާލުމުން ކުރީގެ ކައުންސިލުގެ މެމްބަރު އަދި މިހާރުގެ ރައީސް ސަޢުދު އަލީ އާއި  ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު އަމްޖަދް ފިޔަވާ އިތުރު ބޭފުޅަކު އެ ބައްދަލުވުމުގައި ބައިވެރިވެލައްވާފައި ނުވާކަން ފާހަގަ ވެގެން ދިޔަމަކީ އިސްވެ ބުނި ފަދައިން ޙައިރާންވި ކަމަކަށެވެ. ފެނިގެން ދިޔަ ތަފާތު މަންޒަރަކަށެވެ.

މި ބައްދަލުވުމަކީ ޤާނޫނީ ގޮތުން ކޮންމެ 6 މަހުން 6 މަހުން ބާއްވަން ލާޒިމް ކުރާ ބައްދަލުވުމަކައް ވީ ނަމަވެސް ކުރިން އަހަރު ތަކުގައިވެސް ބަާއްވަން ޖެހޭ މުއްދަތަށް ބޭއްވިފައިނުވާ ބޭއްވިޔަސް ބައްދަލުވުމުގައި އާންމުންގެ ބައިވެރިވުން ކުޑަ ކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް މި ފަހަރުގެ ބައްދަލުވުގައި އެއާއި ޚިލާފު އެހެން ކަމެއް ފާހަގަ ކޮށްލެވުނެވެ. އެކަމަކީ ޚާއްޞަ މެހެމާނުންނާއި ކުރީގެ ކަތީބުންގެ ބައިވެރިވުން ބޮޑު ކަމެވެ. އެގޮތުން  ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ސަޢުދުﷲ ހިލްމީ އާއި މިހާރުގެ މެމްބަރު ޢަބްދުލް މުޣުނީ ގެ އިތުރުން ކުރީގެ ބޮޑު ކަތީބު މުހައްމަދު ނަޢީމް އަހުމަދު ބައިވެރިވެ ލެއްވިކަން ފާހަގަ ކޮށްލެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!