ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން 2021 ވަނަ އަހަރު އޯލެވެލް ނިންމި ދަރިވަރުން ވަނީ، ފަޚުރުވެރި ނަތީއްޖާއެއް ހޯދައި އެ ސްކޫލްގެ ނަން ވިދުވާލާފައެވެ. އެސްކޫލުން މަޢުލޫމާތު ދީފައިވާ ގޮތުން މިފަހަރުގެ ނަތީއްޖާއަކީ، ތާރީޚީ ނަތީއްޖާއެކެވެ.
2021 ވަނަ އަހަރު ރާއްޖެއިން އޯލެލް ހެދި ދަރިވަރުންގެ އޯލެވެލް ނަތީއްޖާ އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވަނީ ލިބިގެން ގޮސްފައެވެ. ތިނަދޫގައި ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ދެމުން އަންނަ، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނަތީއްޖާއަށް ބަލާއިރު، އެސްކޫލުން ވަނީ ތާރީޚީ ނަތީއްޖާއެއް ހޯދާފައެވެ. ސްކޫލްގެ ޕްރިންސިޕަލް ޝިފާޒް މުޙައްމަދު ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވާފައިވާގޮތުގައި، މިއަހަރުގެ ނަތީއްޖާއަކީ، ތަޢުލީމީ މަރުކަޒުގެ ހަޔާތުގައިވެސް ހާޞިލް ކުރެވުނު އެންމެ ރަނގަޅު، އަދި އެންމެ ކޮލިޓީ ނަތީއްޖާއެވެ.
ސްކޫލްގެ ޕްރިންސިޕަލް ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި، 2021ގައި އޯލެވެލް ހެދި ބެޗަކީ، އާކަރިކިއުލަމްއަށް ކިޔަވައިދޭން ފެށި ކުދިންގެ ތެރެއިން ފުރަތަމަ އޯލެވެލް ހެދި ބެޗެވެ. ކޮވިޑް19 ގެ ހާލަތާއި ގުޅިގެން މިދަރިވަރުންގެ ދިރާސީ އަހަރު އެހެން އަހަރުތަކަށްވުރެ 6 މަސްދުވަހަށް އިތުރުވެގެން ދިޔުމުގެ އިތުރުން ތިނަދޫއަށް ކުރިމަތިވި ފުރަބަންދުގެ ހާލަތާއި ގުޅިގެން ފަހު ޓާމްގެ ބޮޑުބައެއްގެ ކިޔެވުން ކުރިޔަށް ގެންދެވިފައިވަނީ އޮންލައިން ކޮށެވެ.
މިއީ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންގެ ބުރަ މަސައްކަތުން ހާޞިލް ކުރެވުނު ނަތީއްޖާއެއް” ޕްރިންސިޕަލް
ދެމާއްދާއެއްގެ ނަތީއްޖާ ނޫނީ، އެހެން ހުރިހާ މާއްދާތަކުން ސްކޫލް އިން ކަނޑައެޅި ޓާގެޓްތަކަށް ވުރެ މަތިން ނަތީއްޖާ ހާޞިލްކޮށްފައިވާކަމުގައި ޕްރިންސިޕަލް ބުނުއްވިއެވެ.
މިއަހަރަކީ އެސްކޫލުގެ ހަޔާތުގައި އެންމެ ގިނައަދަދެއްގެ ކުދިން ޤައުމީ ގަދަ 10 އެއްގައި ހިމެނިގެންދާނެ އަހަރެވެ.
-
މިއަހަރުގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 18 ދަރިވަރުން ޤައުމީ ގަދަ 10 ގައި ހިމެނިގެން ދާނެ
-
ހުރިހާ މާއްދާއަކުން 67 A* (އޭ ސްޓާ) ހޯދާފައިވޭ
-
ހުރިހާ މާއްދާއަކުން 100 A (އޭ) ހޯދާފައިވޭ
ޕްރިންސިޕަލް ސިފަކުރައްވާގޮތުގައި ސްކޫލްގެ “ސަކްސެސް”އަކީ ދަރިވަރުންގެ “އެޕްލޯއިބިލިޓީ” އެވެ. މާނައަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާތަކުގައި އުޅޭ މިންވަރެވެ. ތަޢުލީމީ މަރުކަޒުން އަބަދުވެސް މަސައްކަތްކުރަނީ ކާމިޔާބު ދިރިއުޅުމަކަށް ދަރިވަރުން ތައްޔާރު ކުރުން ކަމަށެވެ. މިފަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތީމްއަކީ “އިންޑަސްޓްރިއަލް ރިވޮލިއުޝަން 4.0 ” އެވެ. އެސްކޫލުގެ އަމާޒަކީ މުސްތަޤްބަލުގައި އުފެދޭނެ ވަޒީފާތަކަށް ބޭނުންވާ ހުނަރު ޚާއްސަކޮށް، ކަރިކިއުލަމް އަދި ކޯކަރިކިއުލަމްގެ ތެރެއިން ދަރިވަރުންނަށް ކިޔަވައި ދިނުމެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން 2021 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ހޯދާފައިވާ ކާމިޔާބީއަށް ހުވަދޫ ނިއުސްޓީމުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.
މަރުހަބާ