ޚަބަރު
ޖަލަށް ލެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށް މަހުލޫފް ބުނެފި

(އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލަށް ލެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ޖޫން މަހުގެ ނުވަ ވަނަ ދުވައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓްގައި ނަން އޮތަސް، އެކަމުގައި ބައިވެރި ނުވާ ކަމަށް މީގެ ކުރިން މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ނުކުރާ ކަމަކަށް ޖަލަށް ލެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށް މަހުލޫފް ރޭގެ ވަގުތެއްގައި އޭނާ ވަނީ ބުނެފައެވެ.

އަދި އެ މައްސަލާގެ ސަބަބުން އޭނާގެ މަގާމު ދޫކޮށްލަން ޖެހުނަސް، އެއީ އެންމެ ބޮޑުވަރު ކަމަށް މަހުލޫފް ވަނީ ބުނެފައެވެ.

އޭސީސީން އެ މައްސަލަ ބައްލަވަމުން ގެންދަވާ ގޮތާއި މެދު މަހުލޫފަވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެ މައްސަލާގައި ގޮތެއް ނިންމު ލަސްވެފައިވާތީވެ ފާޑު ވިދާޅުވެފައިވެ އެކަމުގެ ސަބަބުން ގެއްލުންތަކަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިކަމުގައި ގޮތެއް ނިންމުން ލަސްވާތީވެ މަހުލޫފް ވަނީ ތަކުރާރު ކޮށް ފާޑުވިދާޅުވެފައެވެ.