ޚަބަރު
ސްޕަޓްނިކް ވީ ވެކްސިން ރާއްޖެއަށް ދެން ނުގެންނާނެ

ރަޝިއާ އިން އުފައްދާފައިވާ ސްޕުޓްނިކް ވީ ވެކްސިން ރާއްޖެ ނުގެންނަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާ އާބާދީއަށް ވާވަރަށް މިހާރު ވެކްސިން ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން ރަޝިއާ އިން އިތުރަށް ވެކްސިން ނުގެންނަން ނިންމާފައިވާ ކަމަށެވެ.

ރަޝިއާ އިން ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދިނުމަށް ކުރިން ވަނީ ނިންމާ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފެށުމަށް ތައްޔާރުވި ނަމަވެސް މިހާރު ބޭނުންވާ ވަރަށް ވެކްސިން ހުރި ކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖެއަށް ފައިޒާ ވެކްސިންގެ 128000 ޑޯޒް ވަނީ ކޮވެކްސް މެދުވެރިކޮށް އެމެރިކާ އިން ހަދިޔާ ކޮށްފައެވެ. އަދި އިނގރޭސިވިލާތުގެ އަސްޓްރާ ޒެންކާގެ 700000 ޑޯޒް ވެސް މިހާރު ރާއްޖޭގައި އެބަހުއްޓެވެ.

ރާއްޖޭގައި ސްޕުޓްނިކް ވެކްސިން ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މީގެ ކުރިންވަނީ ދީފައެވެ.