ޚަބަރު
ހިޔާ ފްލެޓްގައި ސޮއި ކުރަން ނުދާ 1000 ފަރާތެއް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ފޯމު 1000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައި ނުވާ ކަމަށް ހައުސިން ޑިވޮލަފްމަންޓް ކޯފަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ އެއްބަސްވުންތަކުގައި 3200 މީހުންނާއި އެކު ސޮއިކުރެވިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރަން 1000 އަށް ވުރެ ގިނަ މީހުން އަދިވެސް ފޯމް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އެ ފަރާތްތަކުން އަވަހަށް ފޯމް ހުށަހެޅުމަށް ވެސް ސުހައިލް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ފިނިޝިންގ އަށް އިތުރު މަހެއް ދީފައިވާނެ ކަމަށާއި އެހެން ކަމުން ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ 14 ގައެވެ. ސޮއިކުރަނީ ކޮންމެ ދުވަހަކުވެސް ވަކި ވަގުތުތަކެއް ކަޑައަޅައިގެންނެވެ. އަދި ސޮއި ކުރާ ދުވަހު ފްލެޓް ތަޅުދަނޑިވެސް ދިޔައީ ހަވާލު ކުރަމުންނެވެ.

މިމަހުގެ 18 އަށް ސޮއިކުރުމުގެ ކަންކަން ނިންމާލުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!