ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ އަދަދުން، ބާކީވާ ފައިސާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް ވިދާޅުވީ އަހަރެއްހާ ދުވަހުގެ މެއިންޓެނަންސް ހަރަދުތަކަށް ބެލުމަށް ފަހު މެއިންޓަނަންސް ފީ އިން ބާކީވާ އަދަދަށް ރުފިޔާ އަނބުރާދޭނެ ކަމަށެވެ. އަދި ފްލެޓްގެ މެއިންޓެނަނަސް ހަރަދުތަކުގެ ހިސާބުތައް ފްލްޓްތަށް ލިބުނު ފަރާތްތަކާއި ހިއްސާ ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ފްލެޓްތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1000ރ އަކީ އެކަމަށް މާ ބޮޑު އަދަދެއް ކަމަށް ބުނެ ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުން އެބައޮތެވެ.
ސުހައިލް އަހުމަދު ވިދާޅުވީ ދާއިމީ ގޮތެއްގައި ފްލެޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުން އެޗްޑީސީގެ ވިސްނުމުގައި ނެތް ކަމަށެވެ.
އޭގެ ބަދަލުގައި އެ ކުންފުނީގެ ދުރު ވިސްނުމަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މެއިންޓެންނަސް ކަންތައްތައް ބެލެހެއްޓުމަށް އަމިއްލަ ޖަމިއްޔާ އެއް ނުވަތަ ޔޫނިއަންއެއް އުފެއްދުން ކަމަށް ވިދާޅުވިއެވެ.
އެޗްޑީސީން ކޮންމެ ދެ ޓަވަރަކީ މެނޭޖްމެންޓް ބޮޑީއެއް ގޮތުގައި ބަލައިގެން ،އެޗްޑީސީއާއެކު މަސައްކަތްކުރަން، ކޮންމެ މެނޭޖްމެންޓް ބޮޑީއަކުން ފްލެޓް ތަމްސީލުކުރާނެ ވަކި ބަޔަކު ކަނޑައަޅާނެ ކަމަށެވެ.
އެގޮތަށް އެކަން އަހަރެއްހާ ދުވަހު ބެލެހެއްޓުމަށް ފަހު އެޗްޑީސީގެ ވިސްނުމަކީ ޔޫނިއަން އަކާ އެކަން އެއްކޮށް ހަވާލުކުރެމެވެ.