މެލޭޝިޔާގައި ވަޒީފާ އަދާކުރާކަމަށްބުނެ އެޤައުމުގެ އެމްޕްލޯއިމެންޓް ވިސާ ހޯދަން ދޮގު މައުލޫމާތު ދީފައިވާކަމަށް ޝައިހް އިލްޔާސް ހުސެއިން އެއްބަސްވެއްޖެއެވެ.
ޝައިހް އިލްޔާސް ހުސެއިންއަށް މެލޭޝިޔާގައި ހުންނަ ފޮރިން މިނިސްޓްރީއިން ވަޒީފާއެއް ދީފައިވާތީ އެކަމާ ގުޅޭގޮތުން ކްލަބް ހައުސްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ މެލޭޝިޔާގެ ވަޒީފާގައި އުޅޭކަން ލިޔުމުން އެގެން އޮތަސް އޭނާ އެޤައުމުގައި ވަޒީފާ އަދާނުކުރާކަމަށާއި ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ ދަރިކަލުން ކައިރީގައި މަޑުކުރަން ބޭނުންފުޅުވެގެން މެލޭޝިޔާގެ ވިސާ ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އިލްޔާސް އިތުރަށް ވިދާޅުވިގޮތުގައި އެތައް ފަހަރެއްގެމަތިން މެލޭޝިޔާގެ ވިސާ ހޯދަން އެދުމުންވެސް ވިސާ ލިބިފައިނުވާތީ އެގޮތަށް ކަންތައްކުރީ ކަމަށާއި އެގޮތަށް ވިސާ ޖެއސެވުމަކީ ގާނޫނީ ގޮތުން ކުށެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
އިލްޔާސް ވިދާޅުވާ ގޮތުގައި މެލޭޝިޔާގައި ވަޒީފާގައި އުޅޭކަމުގެ ލިޔުން އޭނާއަށް ދީފައިވަނީ ރާއްޖޭގެ ދައުލަތުންނެވެ. އަދި އެކަން ރައީސް އޮފީހަށްވެސް އެގޭނެކަމަށް ވިދާޅުވެފައިވެއެވެ.
ކްލަބްހައުސްގެ ސެޝަނެއްގައި މިފަދަ ވާހަކަފުޅުތަކެއް އިލްޔާސް ދެއްކުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުންތައް ދަނީ އިލްޔާސްއަށާއި ސަރުކާރަށް އަމާޒުވަމުންނެވެ. އަދި މިއީ އޮޅުވާލުމުގެ އަމަލެއް ކަމަށާއި އެއީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ބުނަމުންދިޔައެވެ.
ތިޔައްވުރެ ބޮޑެތި ޖަރީމާތައް އެބަ ހިންގާ ސިޔަސީ މީހުން