ޚަބަރު
ކޮނޑޭއިން ޓުއަރިޒަމަށް ބިންދޫކުރަނީ

ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ އިން ލޯކަލް ޓުއަރިޒަމަށް ބިންދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކޮނޑޭ ކައުންސިލްގެ މެމްބަރު ޝާމާ މުހައްމަދު ވިދާޅުވީ، އެރަށުގެ ދެކުނު ފަރާތުން ޓުއަރިޒަމް ފުޅާކުރުމަށް އެންމެ އެކަށީގެންވާ ހިސާބުން ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި، އެއީ އެރަށަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޝާމާ ވިދާޅުވީ، ޓުއަރިޒަމަށް ބިން ދޫކުރުމަށް ރަށުގެ ސަރަހައްދެއް ކަނޑައެޅި ނަމަވެސް ބިން ދޫކުރުމަށް ވަކި އިމެއް ނުވަތަ ވަކި މިންވަރެއް ކަނޑައެޅުމުގައި މިވަގުތު ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން ފާސްވުން ލަސްވެ އެބިމަށް އުސޫލުތައް ކަނޑައެޅިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިރަށަކީ އާސާރީ އެތައް ތަނެެއް ހުރި ޖަޒީރާވަންތަ ރީތިކަމެއް ލިބިފައިވާ ރަށެއް. މަދު އާބާދީއެއް ވިޔަސް ޓުއަރިޒަމް ކުރިއެރުވޭނެ. ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ މެމްބަރު ޝާމާ

ޝާމާ ވިދާޅުވީ ކޮނޑޭގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ޝައުގުވެރިވާ ފަރާތްތައް އެބަތިބި ކަމަށާއި، ހޮޓާތަކެއް އަޅަން ނުވަތަ ލޯކަލް ޓުއަރިޒަމަށް ދޮރު ހުޅުވާލެވިއްޖެ ނަމަ ރަށު ރައްޔިތުން އެކަމުގައި ލާމެހިގެން ދާނެ ކަމަށެވެ.

ގއ ކޮނޑޭ އަކީ 600 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

Comment