ޚަބަރު
ދާންދޫގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ގއ، ދާންދޫގައި ހަށިވިއްކަމުން ދިޔަ 2 އަންހެނުނަކާއި 5 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ދާންދޫ ކައުންސިލުން ވިދާޅުވީ ރޭ ހައްޔަރު ކޮއްފައި ވަނީ ފުވައްމުލަކު 2 އަންހެން ކުދިންނާއި 5 ފިރިހެނުން ކަމަށާއި އޭގެ ތެރޭގައި ދިވެހި 1 ފިރިހެނަކު ހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެމީހުން މިއަދުގެ ވަގުތެއްގައި ގއ ވިލިނގިއްޔަށް ގެންގޮސް ފައިވާ ކަމަށް ދާންދޫ ކައުންސިލުން ވިދާޅުވިއެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!