ޚަބަރު
މަންދު ކޮލެޖުން ކިޔެވުމަށް އިތުރަށް މަގުފަހިކޮށްދިނުމުގެ ގޮތުން ލެޕްޓޮޕް ހަދިޔާކޮށްފި

މަންދުކޮލެޖުން ދަރިވަރުންގެ ކިޔެވުމަސް އިތުރަށް މަގުފަހިކޮށްދިނުމަށްޓަކައި ލެޕްޓޮޕް ހަދިޔާކޮށްފޮއެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ 14 އޮގަސްޓް 2021 ގައި ގަލޮޅު މަދުރަސާގެ ހޯލުގައި ބޭއްވުނު ކުލަގަދަ ހަފުލާއަކުންނެވެ. މި ހަފުލާގައި ގިނައަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިކަން ފާހަގަކުރެވެއެވެ.

މަންދުކޮލެޖްގެ ހެޑް އޮފް ސްޓެރެޓެޖިކް ކޮމިއުނިކޭޝަންސް، މުޙައްމަދު ފިރާޟް ހާމަކުރެއްވިގޮތުގައި މިހަރަކާތުގެ މައިގަނޑު ބޭނުމަކީ، މަންދުކޮލެޖުގެ ޗެއާމަންގެ ވިސްނުންފުޅާއި އެއްގޮތަށް މަންދުކޮލެޖުގެ ވާޗުއަލް ސިސްޓަމްސްގައި ކިޔެވުމަށް ދަރިވަރުންނަށް އިތުރު ހިތްވަރަކާއި ލުއެއް ފޯރުކޮށްދިނުމެވެ.

މިއިވެންޓަކީ މިހާ ތަނަށް ޕްރައިވެޓް ކޮލެޖަކުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހަރަކާތް ކަމުގައި މަންދުކޮލެޖުން ވިދާޅުވިއެވެ. އަދި މީގެ ކުރީގައިވެސް ކޮލެޖުގައި ކިޔެވި ދަރިވަރުންނަށް އައިޕެޑް ހަދިޔާކޮށްފައިވާކަން އެކޮލެޖުން ހާމަކޮށްފައި ވެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، މަންދުކޮލެޖުގެ ވާޗުއަލް ސިސްޓަން މެދުވެރިކޮށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް މިފަދަ ފުރުޞަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް މަންދުކޮލެޖުން ޔަޤީންކަން ދެއެވެ.އެގޮތުން މިހާރު ހުޅުވާލެވިފައިވާ ސެޕްޓެމްބަރ އިންޓޭކްގެ ދަރިވަރުންނަށްވެސް ލެޕްޓޮޕް ލިބޭނެ ލުއިގޮތްތަކެއް  އިންތިޒާމްކުރަމުންދާކަން ކޮލެޖުން ހާމަކުރިއެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްްކަވަމުން، މަންދުކޮލެޖުގެ ގްރެޖުއޭޓް ސްކޫލުގެ ޑީން، ޑރ. އިބްރާޙިމް ލަޠީފް ވިދާޅުވީ، އެހެން އޮންލައިން ލާނިންގް ޕްލެޓް ފޯމްތަކާއި މަންދުކޮލެޖުގެ ވާޗުއަލް ސިސްޓަމް ތަފާތުކަމާއި އަޞްލު ހަޤީޤީ މާނައިގައި ކަސްޓަމައިޒް ކުރެވިގެން ބޭނުންކުރެވޭ ވާޗުއަލް ސިސްޓަމެއް މިވަގުތު އޮތީ މަންދުކޮލެޖުގައި ކަމަށާއި އަދި ސިސްޓަމަކީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި ކުރިހޯދާފައިވާ ޓެކްނޮލޮޖީއެއް ކަމަށް ފާހަގަކުރެއްވިއެވެ.

މަންދު ކޮލެޖަކީ ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން ކޮލެޖެވެ، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ޕެލެޓްފޯމަކާއިއެކު ވާޗުއަލް ކެމްޕަހެއް ޤާއިމުކޮށް، ޖަޒީރާވަންތަ ސިފައާއި އެކު ތަޢުލީމު ކަނޑުހުރަސްކޮށް ރަށްރަށުގެ އައްސޭރި ގޮޑުދޮށް ތަކަށް ބީއްސާލަދިން ހަމައެކަނި ކޮލެޖެވެ. މިސިސްޓަމުގައި އެއްމެ ފާހަގަކޮށްލެވޭ ކަމަކީ، އިންޓަނެޓަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ކަމެވެ. އަދި ޑާޓާ ހުސްވެ، އިންޓަނެޓުގެ ސްޕީޑްގެ މައްސަލަތައް ދިމާނުވާކަމެވެ. ވީމާ، މިއީ އިންޓަނެޓަށް ކުރާ ޚަރަދާއި ނުވަތަ އެދަރިވަރަކު ހުރިތަނެއްގައި ހުރެގެން ކިޔެވޭނެ ގޮތް ހޯދައި ދިން ހަމައެކަނި ކޮލެޖެވެ. ވީމާ މިއީ، ދިވެރިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ އިންޓަނެޓްގެ މައްސަލަތަކަށް އޮތް ހައްލެކެވެ.

މިހާރުވެސް، މަންދުކިޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ކިޔެވުމަށް ސެޕްޓެމްބަރު 2021 އިންޓޭކް ހުޅުވާލެވިފައިވެއެވެ.  އެޕްލައި ކުރެއްވުމަށް މަންދު ކޮލެޖްގެ ވެބްސައިޓް www.mandhucollege.edu.mv ނުވަތަ 9750055 ނަންބަރު ފޯނާއި ގުޅުއްވައިގެން ކުރިޔަށް ދިއުމަށް އެކޮލެޖުން ވިދާޅުވެއެވެ.

 

Comment