ތިނަދޫ މިއުޒިއަމް ޕާކް ގެ ވޯޓަރ ޕާކުގައި ހަދާފައި ހުރި ފެންއަރުވާވަޑާން އޮގަސްޓް 22 ގައި އަލުން ހުޅުވިގެން ދާނެ ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.
އާބާދީ 55 ފާހަގަ ކުރުމަށް އޮގަސްޓް 22 ވަނަ ދުވަހު ބާއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާ މަސައްކަތް ކުރިޔަށް ދާ ގޮތާ ބެހޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސް ސަޢުދު ވިދާޅުވީ މިއުޒިއަމް ޕާކުގެ ފެންއަރުވާވަޑާން 2 އަހަރު ވަންދެން ބޭނުން ކުރުން މެދު ކެނޑިފައި އޮތުމަށް ފަހު އަލުން ހުޅުވާލަނީ އާބާދީ 55 ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ޙަރަކާތްތަކާ ގުޅުވައިގެން ކަމަށެވެ.
އެ މެކޭނިޒަމް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. ނަމަވެސް ކައުންސިލުން ނިންމީ މި މުނާސަބަތާ ގުޅުވައިގެން މަރާމާތް ތަކެއް ކޮށް އަލުން ފަންކްޝަން ކުރުވުމަށެވެ.
“މިއީ ތިނަދޫ ގެ އަދި އަތޮޅު ހުރިހާ ބަޔަކަށް ވަކިން ޚާއްސަ ކޮށް ކުޑަކުދިންނަށް ވަރަށް އުފާވެރި ޚަބަރެއް ” ތިނަދޫ ރައީސް ސައުދު ވިދާޅުވިއެވެ.
2019 ތިނަދޫ އާބާދީ 50 ފާހަގަކުރުމަށް އޭރުގެ ސަރުކާރުން ހެދި ވޯޓާ ޕާކުގެ ފެންއަރުވާ ވަޑާމަކީ މި ޒަމާނުގެ ފެންވަރަށް ތައްޔާރުކޮށް ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އެ ތަން ބޭނުން ކޮއްފައި ވަނީ މަދު ދުވަސްކޮޅަކަށް އެވެ. އެހެން ކަމުން ތަކެއްޗާ ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަން ފާހަގަ ކުރެވެއެވެ.
ތިކަމާކެރައްނައް މާލަހަސް ވެގެ