ޑައިމަންޑްސް އަތުރުގާ މޯލްޑިވްސް ރިސޯޓުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެމް.އެން.ޑީއެފުުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފް އިން ވިދާޅުވި ގޮތުގައި މިރޭ 20:30 އެހާކަންހާއިރު އދ.އަތޮޅުގައި އޮންނަ ޑައިމަންޑްސް އަތުރުގާ މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާކަމަށާއި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ވޯޓާ ވިލާގެ ކޮޓަރިއެއްގައެވެ.
ރިސޯޓުގެ ވޯޓާވިލާގެ ކޮޓަރިއެއްގައި ހިނގާދިޔަ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ދ އަތޮޅުގައި ހިންގަމުންދާ ނިޔާމަ ރިސޯޓްގެ ގެސްޓް ކޮޓަރިއެއްގައި މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ހަމައެއާއެކު މާލޭގެ ގޭސްގުދަނެއްގަ ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން މިއަދު މާލޭގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.