ގއ.ކޫއްޑޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ފަތުރުވެރިއެއްގެ ލަގެޖުން ދެލައްކައެއްހާ ފައިސާ ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ވައްކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިހަތަތރު މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 182000 ރުފިޔާއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.