ޚަބަރު
ކްލަބްހައުސްގައި ދެއްކި ވާހަކަތަކުން އިލްޔާސް ސަލާމަތެއް ނުވި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ވަޒީފާއެއް ނެތިނަމަވެސް ވަޒީފާގައި އުޅޭކަމުގެ ލިޔުމެއްދީ ދިވެހި ސަރުކާރުން ޝެއިޚް އިލްޔާސް ހުސައިންދީދީ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ކްލަބް ހައުސްގެ ޝެޝަނެއްގައި ވާހަކަ ދައްކަވަމުން އިލްޔާސްވަނީ، އޭނާގެ ދަރިކަލުން މެލޭޝިއާގައި ކިޔަވަން ހުންނާތީ އެގައުމުގައި މަޑުކުރުމަށް ވިސާ ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހިސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވިކަމަށާއި، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އެމަނިކުފާނަށް މެލޭޝިއާގެ އެމްބަސީގެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މެލޭޝިއާގެ އެމްބަސީގައި ވަޒީފާ އަދާނުކުރާ ކަމަށާއި، ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯދުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިއާއެކު އެއީ ގާނޫނީ ކުށެއް ކަމަށް ސެޝަންގައި ތިބި ގިނަ ބަޔަކު ވެސް ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަކަށް ކަމަށް ބުނެ އުސޫލުން ބޭރުން ވަޒީފާ ދިނުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

“މި ކަން ހިނގާފައިވާ ގޮތެއް ބަލަން މިއަދު ވާނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި،” މެންބަރު އުޝާމް ވިދާޅުވިއެވެ.

ކްލަބްހައުސްގައި ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެއްފަހަރު އިލްޔާސް ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ އޭނާ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން މިހާރު އެދިފައިވާ ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދޭނެ ކަމަށެވެ.

މެލޭޝިއާގެ ގާނޫނުތައް ބުނާ ގޮތުން ތައުލީމް ހާސިލް ކުރަން ތިބޭ ކުދިންގެ މައިންބަފައިންނަށް ވިސާ ދޫކުރަނީ އެކުދިންގެ އުމުރުން 18 އަހަރު ނުފުރޭ ނަމައެވެ. 18 އަހަރު ފުރިފައިވާ ކުދިންނާއިއެކު ބެލެނިވެރިން އެގައުމުގައި މަޑުކުރާނަމަ ޖެހެނީ ވަޒީފާއެއް އަދާކުރާށެވެ. ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެމްޕްލޯއީމެންޓް ވިސާ ލިބެއެވެ.

މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!