ޚަބަރު
މަޖިލީހަށް ވަޑައިނުގަންނަވާތާ ދޮޅު އަހަރު ފަހުން ގާސިމް މިއަދު މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރި ނުވާތާ ދޮޅު އަހަރަށް ފަހު މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު މަޖިލީހަށް ވަޑައިގެންފިއެވެ.

މިދިޔަ އަހަރާއި، އަދި މިއަހަރުގެ ނިމިދިޔަ ދެ ދައުރުގެ ޖަލްސާތަކުގެ ތެރެއިން އެއްވެސް ޖަލްސާ އަކަށް ގަސިމް ހާޒިރު ނުވެއެވެ.

މަޖިލީހަށް ޤާސިމް ވަޑައި ނުގަންނަވާތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެކަންފާހަގަކޮށް ގާއިމް ވަޑައި ނުގަންނަވާ ދުވަސްތަކުގެ ތަފްސީލް ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމްގައި ތިއްބަވާ މެމްބަރުން އެބަ ފާހަގަވާކަމަށެވެ. އޭގެތެރޭގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. އަދި މިއަހަރުގެ މިދައުރުގެ މިހާތަނަށްވެސް ގާސިމް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް އައިސްފައެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ނާޒިމް އާއި، ރިޔާޒު ޕާޓީން ވަކިވުމުން އައިބަދަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!