އޮޅުވާލައިގެން ފަތުރުވެރިންތަކެއް ރާއްޖެ ގެނެސް މަގުމަތިކުރުވި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށް މިނިސްޓަރ މަހުލޫފް އާއި އަނބިކަނބަލުން ނަޒޫއަށް ޝުކުރުއަދާކޮށްފިއެވެ.
ހޮޓަލެއްގެ ނަމުގައި ބުކިންގ ހަދާފައިވާކަމަށްބުނެ އޮޅުވާލައިގެން ފަތުރުވެރިންތަކެއް ރާއްޖެ ގެނެސް އެމީހުން ވަނީ މަގުމަތިކުރުވާފައެވެ. އޭގެތެރޭގައި އިންޑިއާގެ 27 ފަތުރުވެރިންގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އަދި ނުވައަހަރުނުވާ ކުޑަކުއްޖަކުވެސް ހުއްޓެވެ. އެމީހުން އިއްޔެ މާލެ އައުމަށްފަހު ވަންނާނެ ތަނެއް ނެތި ރޭ ތިބެންޖެހުނީ މާލޭގެ މަގުމަތީގައެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭ މި ފަތުރުވެރިންގެ ގްރޫޕަށް، އިމިގްރޭޝަނާއި، ޕޮލިހާއި، ރެޑް ކްރެސެންޓު އަދި ހެޔޮއެދޭފަރާތްތައް ގުޅިގެން ވާނީ އެހީތެރިކަން ފޯރުކޮށްދީފައި. މިކަމުގައި މުހިންމު އެހީތެރިކަމެއްދެއްވި @AhmedMahloof އަދި @nazunaseem އަށް ޙާއްސަ ޝުކުރެއް ދަންނަވަން. 2/2
— Mohamed (Hanafy) 🇲🇻 (@hanafymv) August 16, 2021
އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވީ ޔޫތު މިނިސްޓަރ މަހުލޫފް އާއި އަނބިކަނބަލުން ނަޒޫއެވެ. މަހްލޫފް ވަނީ ރޭގައި އެ ހުރިހާ އެންމެން ހުޅުމާލެ ފުޓްބޯޅަ ސްކޫލްގެ އެކޮމަޑޭޝަން ބްލޮކަށް ބަދަލުކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙަސަން (ހަނަފީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަކަރާއި އޮޅުވާލުމުގެ ތުހުމަތުގައި ރޭ މެންދަމު ބިދޭސީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިނިސްޓަރ މަހުލޫފްގެ ދެކަބަލުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަކޮށް ޝުކުރު އަދާކުރާކަމަށެވެ.
ރޭ މެންދަމު 2:00 އެހާކަންހާއިރު ފަތުރުވެރިންވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ހަނަފީ ވިދާޅުވިއެވެ.
ދައުލަތުގެ ތަންތަނަކީ މަހުލޫފުމެން ދެމަފިރިންގެ ގެދޮރުތަ؟ އެމީހުނަށް ސުކުރު އަދާކުރަން. ތިކަމުގަ އިމިގްރޭޝަން ފުރިހަމައަށް ޒިއްމާވާންޖެހޭނެ.