ގދ ތިނަދޫ އަނެއްކާވެސް މޮނިޓަރިންގ އަށް ލައިފިއެވެ.
ތިނަދޫ މޮނިޓަރިންގް ހާލަތަށް ގެނެވިފައިމިވަނީ އިއްޔެ އެރަށުގައި ހުންނަ ތިނަދޫ ސްކޫލްގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ގައި ނެގުނު ސާމްޕަލްއެއްގެ ތެރެއިން މިއަދު އިތުރު ފަރާތެއް ފައްސިވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން މިއަދު އެރަށުން ފައްސިވެފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވުން ހާސިލު ކުރަމުންދާ ކުއްޖެއްކަމަށްވެސް ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ މައިމޫނާ އަބޫބަކުރު ސޮއިކޮށް ތިނަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ތިނަދު މޮނިޓަރިންގ އަށް ލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށަ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަކިގޮތެއް އަންގަންދެން އެއެޖެންސީގެ ހުއްދަނެތި ރަށުން ފޭބުމައި، އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.