ގދ.ތިނަދޫ އިން ކޮވިޑް19 އަށް ފައްސިވި ބަޔަކާއި ކޮންޓެކްޓްވި ގއ.މާމެންދޫ 2 މީހަކު ފައްސިވުމުން އެ ރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒު ވިދާޅުވީ، އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެލްކޭޖީގައި ކިޔަވަމުންދާ ކުޑަކުއްޖަކާއި އެކު ތިން މީހަކު މިހާރުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އެތިން މީހުންގެ ތެރޭގައި ގުރޭޑް 10ގައި ކިޔަަވަމުންދާ ކުއްޖެއްވެސް ހިމެނުމުން ސްކޫލްގެ ކިޔެވުން ބަންދު ކޮށްފައިވާ ކަމަށް އަޒީޒު ވިދާޅުވިއެވެ.
މާމެންދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ މިރޭ 19:45 ގައެވެ.
މާމެންދޫގެ އިތުރުން މިއަދު ވަނީ އިތުރު ދެ ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. އެއީ އދ. ދަނގެތި އާއި، ގދ. ތިނަދޫއެވެ. އެހެން ކަމުން މިވަގުތު މޮނިޓަރިންގ ގެ ހާލަތުގައި 16 ރަށެއް އެބައޮތެވެ.