ޚަބަރު
ހުވަދު އަތޮޅުގެ ކުރީގެ ސަޤާފަތާއި އާދަކާދަ 3

ހުވަދު އަތޮޅުގެ ރައްޔިތުންނަކީ، ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ޒަމާނުއްސުރެ ދިރިއުޅެމެން އަންނަ އަތޮޅެކެވެ. އެހެން އަތޮޅުތަކާއި ތަފާތުކޮށް ފުދުންތެރި ސާފުތާހިރު، ހެދުން އެޅުމުގައިވެސް ޚާއްސަ ގޮތްތަކެއް ޒަމާނުއްސުރެ، މިއަތޮޅުގައި ބޭނުން ކުރަމުން އައިސްފައި ވެއެވެ.

ހެދުން އެޅުން:

މިޒަމާނާއި ވަރަށް ބޮޑަށް ތަފާތުކޮށް، ކުރީ ޒަމާނަށް ބަލާއިރު، އަންނައުނަކީ އެހާ ގިނަ އެއްޗެއް ނޫނެވެ. ކުރީ ޒަމާނުގެ އާންމު ހާލަތަށް ބަލާއިރު، އާންމުކޮށް ކޮންމެ މީހެއްގެ އަތުގައި އޮންނަނީ ނުވަތަ ހެދުން އެޅުމަށް ބޭނުންކުރަނީ ދެ ހެދުމެވެ. އެއީ ހުކުރު ހެދުމަކާއި، އާދައިގެ ހެދުމެކެވެ. ހެދުން އެޅުމަށް ފިިރިހެނުން އަންނަން ބޭނުންކުރަނީ މުންޑު ނުވަތަ ކުލަޖައްސާފައިހުންނަ ފޮތިގަނޑެވެ. ހުރިހާ ފިރިހެނުން ކަހަލަ ގޮތަކަށް ހުކުރުހެދުން ބޭނުންކުރާނީ ހަމައެކަނި ހުކުރު ނަމާދަށެވެ. ނަމާދުން ނިމިގެން ގެއަށް އައިސް އަވަހަށް އެ ހެދުން ބަދަލުކުރެ އެވެ.

ހުކުރު ދުވަހަކީ، ގިނަ ގޭގައި ފާތިޙާ ޞަލަވާތްފަދަ ކަންކަމަށް ކައްކާ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޓީޝާޓް ނުވަތަ އޭރުގެ ބަހުން ނަމަ، ގަންޖުފަރާސް ތަޢާރަފްވެގެން ދިއުމުން، ފިރިހެނުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކުޑަ ބަދަލެއް އައެވެ. އޭގެ ކުރިން ފިރިހެން ބޭފުޅުންގެ ހެދުމަކަށް ވެފައިވީ، މުންޑު އަދި ފޮށާއެވެ. އާއްމުކޮށް ފޮށާ ބޭނުންކުރަނީ، ބޮލުގައި އެޅުމާއި، ގައިގައި ލުމަށެވެ. ބައެއް މީހުން ފޮށާގެ ބަދަލުގައި ރުމާ ވެސް ބޮލުގައި އަޅައެވެ. އަދި ދުވަސް ތަކަކަށް ފަހު، ފިރިހެނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އަށް ހަރުވާޅު ބުރި ނުވަތަ މިހާރުގެ ބަހުން ނަމަ ސޯޓް އިތުރުވެ ހެދުން އެޅުމުގައި ތުނި ގަޔަށް ފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައި ކަކުލާ ހަމަޔަށް ހުންނަ ހަރުވާޅު ބުރި ނުވަތަ ސޯޓް ބޭނުންކުރަން ފެށުނެވެ، އެޒަމާނަކީ ބެލްޓްފަދަ ތަކެތި ތައާރަފް ވެފައި ވާ ޒަމާނަކަށް ނުވުމުން، ހަރުވާޅު ނުވަތަ މުންޑު އުނަގަނޑުގައި ހަރުލެއްވުމަށް ފަހާފައިވާ ހިމަ ފޮތިކޮޅެއް ހުވަދޫ ބަހުރުވައިން ބުނާ ނަމަ “ކެރެއްލާ” އެއްގެ އެހީގައި މުންޑު ނުވަތަ ހަރުވާޅު އުނަގަނޑުގައި އައްސައި ވާންކޮށް ބަހައްޓައެވެ.

ދުވަސްވީ އިސް ރަށްވެހިން ބުނާގޮތުން، 1960 ގެ އަހަރުތައް ފެށުނުއިރުވެސް މީހުނާއި، ނުއިނދެ ތިބޭ އަންހެނުން ނިވާކުރަނީ ހަމައެކަނި ފޫޅުން ތިރި އެކަންޏެވެ. މިއީ އެޒމާނަށް ބަލާއިރު، މާބޮޑު މައްސަލައެއް ނުވަތަ ހުތުރު ކަމެއްގެ ގޮތުގައި އޭރު އެއްވެސް ބަޔަކު ނުދެކެއެވެ. އަދި މިއީ އެޒަމާނުގައި އެހާ އައިބު ކަމެއް ވެސް ނޫނެވެ. ތާރީޚުން އެނގޭ ގޮތުގައި ރެހެންދި ޚަދީޖާގެ ރަނިކަމުގައި އެކަމަނާއާއި، އެކަމަނާގެ (އަންހެން) ހަށިފާރަވެރީންގެ ޙާލުހުރީ ވެސް މިކަހަލަގޮތަކަށް އިބްނިބަޠޫޠާގެ ލިޔުންތަކުގައި ލިޔުއްވާފައިވެއެވެ.

ސާފުތާހިރު ވުމާއި، ފެންވެރުން:

މިޒަމާނެކޭ އެއްފަދައިން ހުވަދުއަތޮޅުގެ ރަށްވެހިން ސާފުތާހިރު ވުމަށް އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެއެވެ. ސާފުތާހިރުވުމަށް ފެންވަރި ބޯދޮވެ ހަދައެވެ. ކުރީޒަމާނަކީ، ކޮސްމެޓިކް ތަޢާރަފްވެފައިވާ ޒަމާނަކަށް ނުވާތީ، ގައިގައި ދާފިލުވައި ހެދުމަށް ޝަވަރ ޖެލް އެއް ނުވަތަ ބޯދޮންނަ ޝޭމްޕޫ ފަދަ ތަކެތި ނުހުރެއެެވެ. ނަމަވެސް ގައިންދާފިލުވައި ކަންތައް ކުރުމަށް ސާފު ފެން ބޭނުންކުރުމުގެ އިތުރުން ބޯދޮވެ ކަންތައް ކުރުމަށް އޭރު ބޭނުން ބޭނުންކޮށްފައިވަނީ ޝޭމްޕޫއަކަށް ވުރެ ދަށް އެއްޗެއް ނޫނެވެވެ. މިގޮތުން ކުރީޒަމާނުގައި ހުވަދު އަތޮޅުގެ މީހުން ބޯދޮންނަށް ބޭނުންކުރަނީ، އަޅިފެނާއި، ކުކުޅުބިހެވެ. (ބޯދޮންނަން ބޭނުންކުރަނީ ކުނިވެފައިހުންނަ ކުކުޅުބިހެވެ.) ކުނި ބިސް ބޭނުން ކުރަނީ އެއިން ގަދައަށް ފޮނު ނިކުންނާތީ އެވެ.   ބޯދޮންނަން އަޅިފެން ތައްޔާރު ކުރަނީ، ގަނޑުއަޅި، ސާފު ފެންއެއްޗަކަށް އަޅައި، ދެތިން ދުވަސްވަންދެން ބަހައްޓައިގެން ނެވެ. ދެތިންދުވަސްވުމުން ދެން އެ ފެނުން އިސްތަށިގަނޑު ރަނގަޅަށް ދޮވެއެވެ. ބޯ ދޮވުމަށްފަހު ފެންވަރަނީ، ވެވަށް އެރި އެވެ.

ވެވަކީ، ވަށަމިނުގައި 10 ވަރަކަށް ފޫޓު ހުންނަވަރަށް އަނގަމަތި ފުޅާކޮށް އަދި ފެނުގެ ފުންމިން ތިންހަތަރު ފޫޓު ހުންނަވަރަށް ފުންކޮށް ކޮނެ ވަށައިގެން ގާ ޖަހާފައި ހުންނަ ބޮޑެތި ވަޅުތަކެވެ. ގިނަ ވެވުތައް ހުންނަނީ، ސިޑިބަރި ލާފައި ބިމުން މައްޗަށް ދޮޅުފޫޓުވަރަކަށް އުސްކޮށްފައެވެ. ވެވުހަދަން ފުރަތަމަ ބޭނުންކުރީ ޅޮސްވަކަރާއި، ރުއްވަރެވެ. ވެވު ހަދަނީ، ބިމުގައި ހަތަރުފަސްފޫޓު ފުން ވަޅުގަނޑެއް ކޮނެ އެތަނުގައި ލަކުޑި އަތުރައިގެން ނެވެ. ތިލަވަތްގާ ނުވަތަ ވެވުގެ ތަޅުން ހަދަނީވެސް ވެސް ލަކުޑި އަތުރައިގެން ނެވެ. ތިލަ ވަތްގާ ތައްޔާރުކޮށްފައި ހުންނަނީ، މަތީގައި އަޅާ ލަކުޑިއާއި ތާށިވާގޮތަށެވެ. އެންމެމަތީގައި، ނިންމާ ހިސާބުގެ ލަކުޑި ހުންނަނީ އިލި ޖަހާފައެވެ. ވެވު ތައްޔާރު ކުރުމުގެ މަސައްކަތްވެސް ފުރަމަ ލަކުޑިން ހެދުމަށްފަހު ވެލިގަލާއި، ހިރިގާ ވެވުތައް ތައްޔާރު ކުރެވުނެވެ. އޭގެފަހުން އުވަ އަދި ސިމެންތި ތަޢާރަފު ވުމުން ވެވުތައްޔާރު ކުރުމުގެ މަސައްކަތަށް ބޭނުންކުރި ސާމާނަށް ބަދަލު އައިސްފައި ވެއެވެ.

ވެވު ތައްޔާރުކޮށް ނިމިފައި ހުންނައިރު، ސިޑިބަރި މަތީގައި އިށީނުމުން މޭކަށިގަނޑަށްވުރެ މައްޗަށް ފެންފަށަލަ ހުރެއެވެ. ފެންވަރާއިރު، އަންހެނުންގެ މޭކަށިގަނޑުން ފެށިގެން ތިރި ނިވާކުރަނީ، ފޮތިގަނޑެއް ބަނދެގެން ނެވެ. އެދުވަސްވަރުގައި ފާހަގަ ކުރެވުނު އެއްކަމަކީ ދެޖިންސުގެ މީހުން މަސްހުނިކޮށް އެއް ވެވެކަށް އެރި ނުއުޅެއެވެ. ބައެއް ރަށްރަށުގައި އެކި އަވަށްތަކުގައި އަންހެނުން ފެންވެރުމަށް ޚާއްސަކޮށްގެން ވެވުތައް ތައްޔާރު ކުރެވިފައި ވިއެވެ. ރިވެތި އަޚްލާޤް އަދި ރިވެތި ސިފަތަށް އެދުވަސްވަރުގައިވެސް، ހުވަދު އަތޮޅުގެ ރައްޔިތުންގެ ކުރިޔަށް ނެރެފައިވެއެވެ. ވެވަށް، މިޒަމާނުގެ ސްވިމިންގ ޕޫލްތަކާއި އެއްގޮތް ސިފަތަކެއް ލިބިފައިވެއެވެ. ނަމަވެސް ސާފުތާހިރުކަމަށް ބަލާއިރު، އެއްމިންވަރަކަށް ސާފުތާހިރުކަން ވެވުގައި ނުހުރެއެވެ. ވެވުތަކަކީ ބަލިތައް ފެތުރޭ ސާފުތާހިރުކަން ކުޑަ ތަނެއްކަން އެނގިގެން، ވެވުތަށް ވަނީ ބޭނުންކުރުން ހުއްޓުވާފައެވެ. އަދި ގިނަ ރަށްރަށުގައި ވެވުތައް ނައްތާލިއެވެ. މިގޮތުން ބައެއް ރަށް ރަށުގައި ވެވަށް ފަސްއަޅައި ބިމާއި އެއްވަރުކޮށް ފޮރުވިއެވެ.

ވެވުތައް ފޮރުވުމަށްފަހު، ވަޅުތައް ޤާއިމުވުމުން ދެން ފެންވަރަނީ ދާނީން ފެންނަގައިގެން ވަޅުންނެވެ.  ދާނި ހަދާފައި ހުންނަނީ، ބޮޑެތި ކާށީގެ ނާށީގައި ދަނޑިއެއް ޖަހައިގެންނެވެ. ގދ.އަތޮޅުގެ މީހުން މިފަދަ ދާންޏަށް ގޮޅާ ދާނި ކިޔައެވެ. ކުރީ ޒަމާނުގައި، ފިރިހެނުން އާންމުގޮތެއްގައި ފެންވަރައި ހަދާފައިވަނީ މޫދުން ނެވެ. މޫދުން ފެންވެރުމަށްފަހު، މިސްކިތު ވެވުން ނުވަތަ ވަޅުން ގަޔަަށް ރީތި ފެން އަޅައި ސާފުވެއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ އެދުވަސްވަރުގައި އަތިރިމަތީގައި ބޮޑުވަޅު ނުވަތަ ވެވު ތައްޔާރުކުރެވިފައި ހުރި ނަމަވެސް، ހުވަދު އަތޮޅުގައި މިފަދަ ވަޅުތަކާއި، ވެވުތައް އެދުވަސްވަރު ތައްޔާރު ކުރެވިފައިވަނީ މިސްކޮތްތަކުގެ ގޯތިތެރޭގައެވެ. ފިރިހެނުން ފެންވަރައިގެން އަންނައުނު ހިއްކަނީ ވެސް މިސްކިތްދޮށުގެ ވިނަގަނޑުމަތީގައި ފަތުރައިގެން ނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!