ޚަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ގައްދޫ މީހަކު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ގދ.ގައްދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ބަންދުގައި ބަހައްޓައިގެން ސިވިލްކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ / ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (41އ) އެވެ.

ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ މުޙައްމަދު ޢަރީފް 2021 އޮގަސްޓް 23 ވަނަ ދުވަހުގެ 12:10 އަށް  އެކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.

އެހެންކަމުން މުޙައްމަދު ޢަރީފުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.