ގދ ގައި ހިންގާ އަމިއްލަ ޖަމްޢިއްޔާ އެއް ކަމުގައިވާ ލާޔާ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ގައްދޫ ގައި ކުޑަކުދިންނަށް ނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވާން ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ލާޔާ ސްޕޯޓްސް އެކަޑަމީގެ ރައީސް އަހުމަދު ފަހީމް މިއަދު ވިދާޅުވީ އަންނަ މަހު 1 ގައި ފެށުމަށް ހަމަޖެހިފައިވާ ކިޑްސް ސްޕޯޓްސް ޕްރޮގްރާމް ގައި ބައިވެރިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ފުރަތަމަ ބައިވެރިވާ 25 ކުދިންގެ ޖާޒީ ކިޓް ހިލޭ ދިނުމާއި އެކު ރަޖިސްޓަރީ ފީވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.
ފަހީމް އިތުރަށް ވިދާޅުވީ އަންނަ މަހު ފަށާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތީ އުމުރުން 4 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށާއި މިފަހަރުގެ ޕްރޮގްރާމް ބޮޑަށް އަމާޒު ކުރެވިފައިވަނީ ސްކޫލް ތަކުގެ ދަރިވަރުން ނަށްކަމަށެވެ.
ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 100 ރުފިޔާ ނަގާ ގޮތަށް ހަމަޖެހިފައިވާ މި ތަމްރީނު ގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ތަމްރީނު ލިބިފައިވާ މީހުން ކަމުގައި ފާހަގަ ކުރައްވަމުން ފަހީމް ވިދާޅުވީ ބޭނުން ވަނީ ރަށުގެ ތަރައްޤީ އާއި ކުރިމަގަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުން ކަމަށެވެ