ޚަބަރު
ޕީޕީއެމްގެ ވަފުދެއް ހުވަދު އަތޮޅު ދެކުނުބުރީ އަށް

ޕީޕީއެމް ގެ އިސްވެރިން ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް އަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅާއި ބެހޭގޮތުން “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ، މި ދަތުރަކީ “މަވެސް ޕީޕީއެމް” މިނަމުގައި ހިންގޭ ކެމްޕެއިނާއި ގުޅޭ، ކެމްޕެއިން ދަތުރެއް ކަމަށާއި، މި ދަތުރުގައި ރައީސް ޔާމީން އަށް ތާއިދު ކުރައްވާ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވާނެކަމަށެވެ.

މި ދަތުރުގެ މައިގަޑު މަގުސަދަކީ “މަވެސް ޕީޕީއެމް” ކެމްޕެއިން ޕްރޮމޯޓު ކޮށް ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމަށް އަޅުގަނޑުމެން ކުރާ ދަތުރެއް. މި ދަތުރުގައި އަޅުގަނޑުމެން ޕީޕީއެމް އަށް ނިސްބަތްވާ އަދި ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ރައްޔިތުންނާއި ބައްދަލުކުރާނަން…

-ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަހުމަދު ޝިޔާމް-

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މި ރަށްތަކުގެ ކައުންސިލް ތަކާއި ބައްދަލުކޮށް ފަންނީ އެހީތެރިކަން ދިނުމުގެ އިތުރުން ތަރައްގީ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި ކައުންސިލް ތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިފަހަރުގެ މި ދަތުރުގައި ގދ.ގައްދޫގެ އިތުރުން، ފިޔޯރީ، ފަރެސްމާތޮޑާ، ރަތަފަންދޫ އަދި ވާދު އަށް ވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ގދ.އަތޮޅުގެ ބައެއް ރަށްތަށް މޮނިޓަރިންގ ގައި އޮތުމުން މި ފަހަރުގެ ދަތުރުގައި ވަޑައިނުގެންނެވުނު ނަމަވެސް، އަވަސް މުސްތަގުބަލެއްގައި އެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށްވެސް “ހުވަދޫ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

“މަވެސް ޕީޕީއެމް” ގެ ގދ.ދަތުރުގައި ބައިވެރިވި ފަރާތްތަށް:

ޣައްސާން މައުމޫން
އަޙުމަދު ޝިޔާމް
ޙުސައިން މުޙައްމަދު ލަތީފް
މުޢާޒު މުޙައްމަދު ރަޝީދު
މުޙައްމަދު ޢަބްދުالله (ހދ.މޯޑް)
އަޙުމަދު ޝުޖާޢު
ހަސަން ފައިހަތު ގުދުރަތުﷲ
މުހައްމަދު ރަގީބް އަހުމަދު

ގދ.އަތޮޅުގެ ރަށްތަކަށް ޕީޕީއެމް އިން ކުރައްވާ ދަތުރުފުޅު ނިންމަވާލުމަށް ފަހު މާލެ ފުރަން ތާވާލު ކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ.

Comment