ޚަބަރު
އާބާދީ 55 ގެ ޚާއްޞަ ގިޑިގެތައް ތިނަދޫ ގައި ހަދަން ފަށައިފި

މި އޮގަސްޓް 22 ގައި ފާހަގަ ކުރުުމަށް ހަމަޖެހިފައިވާ އާބާދީ 55 އަހަރުގެ ގެ ޚާއްޞަ ގިޑިގެތައް ތިނަދޫ ގައި މިއަދު ހަދަން ފަށައިފިއެވެ.

ތިނަދޫ ގައި މީހުން އާބާދު ވާނަ ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޙަރަކާތްތަކަށް ތިނަދޫ ތައްޔާރު ކުރުމުގެ ގޮތުން ރަށުގެ 2 ސަރަހައްދެއްގައި ގިޑިގެ ހަދާނެ ކަމުގައި އާބާދީ 55ގެ އެކްސްކޯ ޓީމުން މައުލޫމާތު ދެއެވެ.

ނަމަވެސް މިހާރު ވަނީ ކުޑަ ބަދަލެއް އައިސްފައި ކަމަށާއި, މިހާރު ގިޑިގެ ބަހައްޓާނީ ދުވަހުގެ ޚާއްސަ ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ މިއުޒިއަމް ޕާކް ކައިރީގައި އަދި ރަށުގެ ބަނދަރު ސަރަހައްދު ގައި ބަހައްޓަން ހަމަޖެހިފައިވަނީ އާބާދީ 55 އަށް ޚާއްސަ ކޮށްފައިވާ ލޯގޯ ކަމަށްވެސް އެކްސްކޯ އިން މައުލޫމާތުދެއެވެ.

ގިނަ ޙަރަކާތްތަކާއެކު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ތިނަދޫ އާބާދީ 55 ރަށް ޒީނަތްތެރި ކުރުމަށް ހަދާ ގިޑިގެތައް ހަދަނީ ތިނަދޫ ކައުންސިލުން އެދުވަސް ފާހަގަ ކުރުމަށް ފާސް ކޮއްފައިވާ ބަޖެޓުން ޚަރަދު ކޮށްގެންނެވެ.

ތިނަދޫ މީހުން 1962 ވަނަ އަހަރު ރަށުން ބޭލުމަށް ފަހުން އަލުން އާބާދުވާން ފަށިތާ 55 އަހަރު ފެހޭނީ މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ރަށަށް އަލުން އާބާދުވާން ފެށީ 1966 ވަނަ އަހަރުއެވެ.