ކޮލަމް
ދޮގު ކިތަންމެ ބާރަށް ފެތުރުނަސް ހަޤީޤަތް ބަދަލެއް ނުވާނެ!

ދޮގު ހެދުމަކީ ހުރިހާ ގޯސް ކަމެއްގެ އަސްލު ކަމަށް މީހުން ބުނެ އުޅެވެ. އަދި މިއީ ހުރިހާ ވިޔާނުދާ އަމަލެއްގެ ތަޅުދަނޑިއޭ ގިނަ ޢިލްމުވެރިން ބުނެއެވެ. ހިޔާނާތް ތެރިކަމުގެ އެންމެ ކުޑަ މިންވަރަކީ ވެސް ދޮގެވެ. ދޮގުހެދުމަށް އާދަ ވެއްޖެމީހަކު ގިނަފަހަރަށް އެއަށް ވުރެ ބޮޑެތި ކުށް ތަކަށް ވެސް އަރައި ގަންނާކަށްވެސް ފަސްނުޖެހޭނެއެވެ. ދޮގަކީ މީހުންނަށް ފަސޭހައިން ޤަބޫލުކުރެވޭ، ޖަންގައްޔެއްގައި ރޯވެފައިވާ ބިޔަ ބޮޑު އަލިފާން ގަނޑެއް ފެތުރިގެންދާހާ ހަލުވިކަމާއެކު ފެތުރިގެންދާ އެއްޗެކެވެ. ދޮގުހެދުމާއި ގަސްދުގައި އެހެން މީހަކަށް އަނިޔާއެއް ދިނުމަށް އެ ބުނެވޭ ނޭދެވޭ ބަސްތަކުން ހުދު ތިމާގެ ނަފްސަށް ލިބެމުންދާ ގެއްލުން އިޙްސާސްވެސް ނުކުރެވެއެވެ.

ހީ ސަމާސާ ކުރުމުގަ އާއި، ކުޅުމުގެ ތެރޭގައި ވެސް ދޮގު ހެދުން މިޒަމާނުގައި މިވަނީ އާންމުވެފައެވެ. މިހެން ހަދާ ދޮގަކީ އެހެން މީހުންނަށް މާބޮޑު ގެއްލުމެއް އޭގެސަބަބުން ލިބޭ ކަމަކަށް ނުވިޔަސް، އެއީ އެދޮގު ހެދި މީހާޔަށް ނޭނގި ނަމަވެސް އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ. 2016 ވަނަ އަހަރު “ނޭޗަރ ނިއުރޯސައެންސް” ޖާނަލްގައި ޑިއޫކް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރު ޑޭން އެރިލީ ހާމަ ކޮށްފައިވާ ގޮތުން ތެދުވެރިނުވުމުން އިންސާނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ބަދަލު ކޮށްލައެވެ. މީގެ ސަބަބުން މުސްތަޤް ބަލުގައި އެމީހާއަށް، އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ދޮގު ހަދަން ފަސޭހަ ވެއެވެ.  މީގެ އިތުރުން ކުދިކުދި ދޮގުން ވެސް އެހެން މީހުން ކުރިމަތީ ތިމާގެ ބަހުގެ އަގު އަމިއްލައަށް ވައްޓާލެވެއެވެ. އަދި އެމީހަކީ އިތުބާރު ނުކުރެވޭނެ މީހެއްގެ ގޮތުގައި އެހެން މީހުން ދެކެން ފަށައެވެ.

ދުނިޔޭގެ އަވާގައި ޖެހި ޝައިތާނާއަށް  ބޯލަނބައިފި މީހަކު މަރުވާނެ ކަމާއި ހިސާބު ބެއްލެވޭނޭ ދުވަހެއް އަންނާނެކަން ވެސް ހަނދާން ނުހުރެ އެވެ. އެމީހަކު ބުނާ ކޮންމެ ބަހެއް، ކުރާ ކޮންމެ ޢަމަލެއް ވަގުތުން ލިޔުއްވަވަމުން ގެންދަވާ ދެ މަލާއިކަތުން އޭނާއާ އެކީ ވާކަމުގެ އިޙްސާސް ވެސް ނުހުރެއެވެ. ބިރެއް ކަންބޮޑުވުމެއް ނެތެވެ. ދޮގަކީ ފަސޭހައިން މީހުންގެ ސިކުނޑިތަކާއި ކުޅެލެވޭ އެއްޗެއްކަމުގައި ވީނަމަވެސް، އެނގޭ އެއްކަމެއް އެބައޮތެވެ. އެދޮގުގައި ފޮރުވިފައިވާ ހަޤީޤަތެއްވެއެވެ. އެއީ ތެދެވެ.

ތެދަކީ، ގިނަ ބަޔަކު ހާމަކުރަން ޖެހިލުންވާ، އެހާ ބޮޑަށް މީހުން ބަލައި ނުގަންނަ އެއްޗެކެވެ. ތެދުބަހުން ވާހަކަ ދައްކާ މީހަކަށް ތަފާތު ގިނަ ފަރާތްތަކުން ފިތްތުންތައް ކުރިމަތި ކުރުވައެވެ. ތެދު ހަދާ މީހުން ބައެއް މީހުން ސިފަކުރަނީ ކަންކަމުގައި ބިރުގަންނަ، އެއްވެސް ގަޓެއް ނެތް ފިނޑީންގެ ގޮތުގައެވެ. ނަމަވެސް މިއީ ހިތާމަ ކުރަންޖެހޭ ކަމެއް ނޫނެވެ. ތެދަކީ ދޮގުހާ ބާރަށް ފެތުރޭ އެއްޗެއް ނޫނެވެ.  ދޮގު ކިތަންމެ ބާރަށް ފެތުރުނުކަމުގައި ވިޔަސް، ހަޤީޤަތް ނުވަތަ ތެދުގޮތް ބަދަލު ނުކުރެވޭނެއެވެ. ނަމަވެސް މިއީ ދެރަވެ ހާސްވާންޖެހޭ ކަމެއް ނޫނެވެ. ދޮގުހަދައި ދޮގުވާހަކަ ފަތުރާ ފަރާތްތަކަށް އެކަމުގެ ހުރި ނުބައިކަމާއި ގެއްލުން ނުވިސްނެނީއެވެ. ތެދުވެރިއަކު ކަމުގައި މީހަކު ވެއްޖެ ނަމަ، އެމީހަކީ ސިއްދީޤެއްކަމުގައި ލައްވައި ﷲތަޢާކާ އެމީހަކަށް ސުވަރުގެ ދެއްވާނެތެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތެދު ބުނަން އެބަޖެހެއެވެ. ﷲ އާއިމެދުގައި ތެދުވެރިވުމާއި އަމިއްލަ ނަފްސާއިމެދު ތެދުވެރިވުމާއި ތެދު ބުނުމާއި ތިމާގެ ދުލުން އެހެން މީހުން ސަލާމަތްކުރުމާއި އަބުރާ ނުބެހުމާއި މިހުރިހާކަމެއް މިއީ ތެދުވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މާތްﷲ އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމުގައި ލައްވާށި! ދޮގުހެދުމުގެ މުޑުދާރު ހުތުރު އަމަލުން އަޅުގަނޑުމެން ރައްކާތެރިކުރައްވާށި!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!