ޑޮކްޓަރަށް ދައްކަން ދިޔަ މީހެއްގެ ކަންފަތުން ކުރަތްޕެއް ނަގާފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް މައުލޫމާތުދިން ގޮތުގައި ކަންފަތަށް އެއްޗެއް ވަދެގެން ޑޮކްޓަރަށް ދައްކަން އައި މީހެއްގެ ކަންފަތުން ވަނީ ކުރަތްޕެއް ނަގާފައިވާ ކަމަށާއި އެއަންހެން މީހާގެ ހާލު ރަނގަޅުކަމަށެވެ. އަދި ކުރަފީގެ ސަބަބުން އަންހެންމީހާގެ ކަންފަތަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ.
ކަންފަތުގެ ތެރޭގައި ގިނައިރު އޮތުމުގެ ސަބަބުން ކުރަފި އޮތީ ބައިބައި ވަކިވެފައެވެ.
މިއަންހެންމީހާގެ ކަންފަތުން ނެގި ކުރަފީގެ ބައިތައް މީސްމީޑިޔާގައި ވަނީ ހިއްސާކޮށްފައެވެ.