ފެންޑާ
ވާހަކަ: މޫސުމީ ނަކަތެއްފަދަ ބައިވެރިޔާ

ދުވަސްތައް މާޒީއާ އެކުވެ އަހަރެންގެ ހަޔާތުންވެސް އެ ހިތްދަތި ދުވަސްތައް ފާއިތުވެނިމުނުކަމުގެ އިހުސާސް އަހަންނަށް ކުރެވެންފެށުނީ އެންމެ މެސެޖް އަކުންނެވެ. އެއީ ހަމަހިމޭން ރޭގަނޑެކެވެ. އެހެނަސް އެއީ ވަރަށް އުފާވެރި ވަގުތު ތަކެއް ގިނަ ދުވަސްތަކަކަށްފަހު މީހަކާ ވާހަކަ ދައްކަން ހޭދަވި، ރޭގަނޑެކެވެ. އެރޭގެ ހަނދާން އާވުމުން އަދިވެސް އަހަރެން ދައްކާ ވާހަކަތައް އެއްވެސް ފޫހިކަމެއްނެތި އެގޮތަށް އަޑުއަހާނެ މީހެއް ހުންނާނެ ނަމައޭ ހިތާހިތުން ބުނެލެވެއެވެ. ނަމަވެސް އޭރު އަހަންނަށް އިވެމުންދިޔައީ ހުވަފެނީ ވާހަކަތަކެއް ކަމެއް ކުޑަކޮށްވެސް އަހަރެންގެ ހިތަކަށް ނުވިސްނުނެވެ.

ހަމަހިމޭން ރޭގަނޑަކަށް އިރުއޮއްސެމުންދިޔައީ ގަސްގަހުގައި ބީހެމުންދިޔަ މަޑު ވައިރޯޅިއަށްވެސް ސިއްރުންނެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ ދުވަސްވަރަށްވުމުން ވަކި ގަޑިތަކެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅެވެއެވެ. ކުއްލިޔަކަށް މެސެންޖާރ އިން އަހަންނަށް މެސެޖެއް އައެވެ. “ހައި” ޖަވާބުގައި އަހަރެން “ޔެސް ” އޭ ބުނެލީ އާދައިގެ މަތިންވެސް ބުނެލާ ބީދައިންނެވެ. އަހަރެންގެ ޔެސް އާ އެކު އައީ “މޭ އައި ނޯ ޔޫ” އެވެ. ޖަވާބުގައި އަހަރެންވެސް ކޮށްލީ ސުވާލެކެވެ. “ވައި؟”  ލަހުން ރިޕުލައި ކުރުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. “އޯކޭ . ލެޓުސް އިންޓުރޮޑިއުސް ” އޭ ބުނެ މެސެޖެއް ކޮށްފައި އަހަރެން ދިޔައީ ބަދިގެ ފަރާތައް ކާއެއްޗެއް އަތުޖެހޭތޯއެވެ. އަހަރެންގެ ގޭގައި އުޅެނީ އަހަރެންގެ ބަލިކަށި ބޮޑުދައިތަ އާއި އަހަންނެވެ. މަންމަ އާއި ބައްޕަ ނިޔާވިފަހުން އަހަރެންގެ ހުރިހާކަމެއް ފުރިހަމަކޮށްދީ މިއަދާއި ހަމަޔަށް ލޯބިދެމުން ދަނީ އެ ނިޢުމަތާއި މެދު އަހަރެން ފަޚުރުވެރިވާ ބޮޑުދައިތައެވެ.

“އައި އޭމް އަރުޝް” އަހަރެން އެނބުރި އައިއިރު އެ ޒުވާނާ އެއީ ކާކުކަން ބުނެ ތައާރަފް ވެލާފައި އޮތެވެ. އާދައިގެ މަތިން އަހަރެންވެސް އަހަންނަކީ އިންސާނެކޭ ބުނެ ތައާރަފްވެލީމެވެ. ދެފަރާތުގެ ވާހަކަތައް ހިނިތުންވުމާއެކު ދެކެވެމުންގޮސް ގާތް ރަހުމަތްތެރިންނަށް ބަދަލްވިއެވެ. އެއީ ވަރަށް އޯގާތެރި ހިތެއްގެ ވެރިއެކެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ހިތުގައި ހިނގަމުންދިޔަ އިހްސާސްތަކަށް ބަދަލު އައެވެ. ދެމީހުންނެވެ. އަރުޝްގެ ހިތުގައި އަހަންނަށްޓަކާ ކުރެވޭ އިހުސާސްތައް އޭނަގެ ދުލުން ބުނެދޭ އިރު ތަފާތެވެ. އަހަންނަކީ ބޮޑުދައިތަ ފިޔަވާ އަޅާލާނެ އެއްވެސް މީހެއް ނެތް މީހެއްކަމުން އަހަރެންގެ އަތުގައި ހިފައިގެން އަހަންނަށް އުފާވެރި ދިރިއުޅުމެއްދޭން އޭނާ ބޭނުންވިއެވެ. އަހަރެން ބޭނުންވީ އަހަރެންގެ އަތުގަ ހިފާނެ މީހެކެވެ. އަހަންނަށް ލޯބިދޭނެ ތެދުވެރި ހިތެއްގެ ވެރިޔެކެވެ. އޯގާތެރިކަމާ ލޯތްބާ ހަމްދަރުދީ އެއީ އެއާނުލާ އުޅެން އަހަންނަށް އުނދަގޫ ތަކެއްޗެވެ. ބަހާރު މޫސުމެއް ފަދައިން އަހަރެންގެ ހަޔާތަށް އައި އަރުޝް އަހަންނަށް ލޯބި ދިނެވެ. އެކުގައި ހުވަފެންތަކެއްވެސް ދެކުނީމެވެ. އޭގައި ކުލައެއް ނުޖެހުނަސް އެއީ ހުވަފެންތަކުގެ ތެރެއިންވެސް އުފާވެރި ހުވަފެންތަކެކެވެ. އަހަންނަށް އޭނާ ފަރާތުން ފަޅި ސިކުންތުކޮޅަކަށް ނަމަވެސް ހިންހަމަޖެހުން އިހްސާސްކުރެވުނު ވަގުތުތަކެއް ހޭދަވިއެވެ. އެކަމަށްޓަކާ މިއަދާ ހަމަޔަށްވެސް އަހަރެން އޭނާ އަށް ޝުކުރު އަދާކުރަމެވެ.

އޭނާ އަހަރެންދެކެ ލޯބިވާ ވާހަކަ ހަމައެކަނި ދުލުން ބުނެ ނިންމާ ނުލައެވެ. އަމަލުންވެސް އެކަން ހާމަކޮށްދިނެވެ. އަހަރެން ރޯލާ އަޑު އިވުނަސް ކެތްނުކުރެވޭ އަރުޝް އަހަންނާއި ވާހަކަދެއްކުން މަދުކުރަން ފެށީ ހަމަ ކުއްލިޔަކަށެވެ. ދޭތެރެ އަކުން މެސެޖެއް ކޮށްލިނަމަވެސް އަހަންނަށް މާބޮޑު އިސްކަމެއް ނުދޭކަން އަހަންނަށް އިހުސާސް ކުރެވެން ފެށުމުން ހިތަށް އުނދަގޫވާން ފެށިއެވެ. އަހަންނަކީ ވަރަށް ‘ޑައިރެކްޓް މީހެއްކަމުން އަހަރެން ބޭނުންވީ ސީދާ އޭނާ އާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާލުމަށެވެ. އެހެން ކަމުން ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާ މެސެޖެއް ކޮށްލުމަށްފަހު ” އައި ނީޑް ވަން އަވާރ ފުރޮމް ޔޫ ” އޭ ބުނެ ފޯނު ބާއްވަން އުޅެނިކޮށް އާނއެކޭ ބުނެ އޭނާ މެސެޖް ކުރިއެވެ. އަހަރެން ވެސް ފޯނު ބޭއްވުމަށްފަހު ދިޔައީ އިޝާ ނަމާދު ކުރުމަށެވެ.

ސަލާމްދިނުމަށްފަހު އަހަރެން ﷲ އަށް ދުއާކުރީމެވެ. އަހަރެން ނަމާދަށް ހުއްޓާ ސަލާމްގޮވާލި އަޑު އިވުނު ހަނދާންވުމާއެކު އަހަރެން އަވަސް އަވަހަށް ބޭރަށްނުކުތީ ހިތުގައި ފުރި ބަންޑުންވަމުންދާ ޝަކުވާތަކުގެ ގިނަކަމުންނެވެ. އޭރު މާގަސްތަކުން ފުރާލެވިފައިވާ ގޯތިތެރޭގެ އެއްފަރާތެއްގައި ހުރި ޖޯއްޔެއްގައި އަހަރެންގެ އިންތިޒާރުގައި އޭނާ އިނެވެ. އޭނާއަކީ ފުދޭ ވަރަކަށް ބުރަކޮށް މަސައްކަތްކުރަމުންދާ މީހެއްކަމުން މޫނުމަތިންވެސް ވަރުބަލިކަން ފެންނަންހުއްޓެވެ. އަހަރެން ފެނުމާއެކު އާދައިގެ މަތިން އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަހަރެން ފުން ނޭވާއެއްލީމެވެ. އަހަރެންގެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެންނެވެ. އެވަގުތު ހަނދާނަށް ވެރިވީ މިއަދު އަހަރެން އެކަމާ ވިސްނަން އިން އިރު ހިތައް އެރިއެވެ. އަރުޝް އަހަންނާ ދުރަށްދާން ވިސްނާނަމަ އަރުޝްއަށް އަހަރެން ދެން ނުވެސް ފެންނާނަމެވެ. އަހަރެން ކިތަންމެ ނިކަމެއްޗަސް މިހިތުގަވެސް އިހުސާސްތަކެއް ދައުރުވެއެވެ. ތަދާ ވޭން ތަހައްމަލް ކުރެވެއެވެ. އެހެންކަމުން ދެއަށް މުއްކަވައި ބާރުކޮށް ހިތްވަރު ލަމުން އަހަރެންނާ ދުރުވާކަމުގެ އިޙްސާސް ކުރެވޭ ވާހަކަ އަހަރެން ބުނެލީ ސީދާ ބޭނުންވާ ޖުމްލަ ބުނެލުމުގެ ނިޔަތުގައެވެ. އެވާހަކަ ބުނުމާއެކު ޝައްކުކުރުމަކީ ރުޅިއަންނަ ކަމެއްކަމަށް ބުނެ އޭނާ އަހަރެންގެ ބުނުމުގެ މާނަ އޮޅުވާ ނުރުހުމުގެ ބަސްތައް އަހަންނަށް އަމާޒުކޮށް ދަނީ އޭ ބުނެ ތެދުވިއެވެ. ނަސީބުވެސް އޭނާ އާ އެއްބައިވެލުމުގެ ގޮތުން އެވަގުތު އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. އެހެން ކަމުން ފޯނުކޯލު ބަހަނާއަކަށް ދެއްކުމަށްފަހު ލަސްވާ ވާހަކަ އޭނާ އަހަރެންގާތު ބުންޏެވެ. އަހަންނަށް ގިސްލެވެންފެށުނެވެ. ބުނަންބޭނުންވާ ވާހަކަތައް ކިތަންމެހާވެސް ގިނައެވެ. ނަމަވެސް ދޫ އެއްބާރުލުން ނުދޭ ކަހަލައެވެ. އަހަންނަކީ އެކަނި ވެރިއެކެވެ. އަހަރެންގެ ހާލަތު އަހަންނަށް ކުރުވާ އިޙްސާސްތައް ތަފާތު ވުމުން ވިސްނޭގޮތްވެސް ތަފާތުވާނޭކަން އަހަރެން އޭނާއަށް ވިސްނައިދޭން އުޅުމުން އަހަރެންވީ ނާކާމިޔާބެވެ.

ހިނދުކޮޅެއްގެ ހިމޭންކަމެއް މާހައުލަށް ވެރިވެފައިއޮތީ ދެމީހުންވެސް އަނގައިން ނުބުނެ ތިބުމުންނެވެ. އަބަދުވެސް އަހަންނަށް ލޯބި ސިފަވާ އެ މޫނުން އެރޭ ފާޅުވަމުން ދިޔަޢީ ރުޅިވެރިކަމެވެ. އެހެންކަމުން އިތުރަށް ހިތުގައި ޖެހުނެވެ. ގިސްލެވެން ފެށުނެވެ. އޭނާ ދާން ހިނގައިގަތުމުން އެ އަތުގާ އަހަރެން ހިފީ އަހަރެން ދޫކޮށް ނުދާށޭ ހިތާހިތުން ބުނެދޭ ހާލުގައެވެ. އެހެނަސް އޭނާ ހުރީ ދާން ބޭނުންވެފައި ކަމުން ހިތްވަރުކޮށް އަހަރެން ވެސް ދޮރާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަކުން އޭނާގެ ހިތައް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އެއްވެސް އަޅާލުމެއް ނެތި ދުރުގައި ބަލަންހުއްޓެވެ. ހިތްވަރުކޮށްފައި އަހަރެން ދޮރާއްޓާއި ދިމާލަށް ހިނގައިގަތީ އަރުޝް ދިއުމުން ދޮރު ތަޅުލުމަށެވެ. ވަގުން ގިނަ މި ޒަމާނަކީ މާގަސްތަކުގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރާ ޒަމާނެއްކަމުން އަހަރެމެންގެ ގޭގައިވެސް ދައްތަ ހައްދާފައިވާ ތަފާތު ކުލަކުލައިގެ ބޯގަންވިލާފަދަ ގަސްތައް ހައްދާފައި ހުރުމުން ދޮރާށި ތަޅުލާން ބޮޑުދައިތަ އަބަދުވެސް އަހަންނަށް ވަސިއްޔަތް ކުރެއެވެ.

އަހަންނަށްވުރެ ކުރީގައި ހުރެ އޭނާ ގެއިން ނުކުމެ ސައިކަށް އަރައިގެން ބާރު ދުވެލީގައި ގޮސް ލޮލުގެ ކޮޅަށް އޮބާލިއެވެ. ތެމިފައިވާ ދެލޮލާއެކު ސައިކުގެ އަޑު ކަންފަތަށް ކެނޑެންދެން އަހަރެން ދޮރާށި ބުޑުގައި ހުރީމެވެ. ދޮރާށި ތަޅުލާފައި އެ އައި ގޮތަށް ފާހާނާއަށް ވަދެ ބޮޑުދައިތައަށް ސިއްރުން ހިތްފުރެންދެން އަހަރެން ރުއީ ފާހާނަ ލޯގަނޑު ކައިރީ ހުރެ ޝަކުވާ ކުރަމުންނެވެ. ފާހާނާއިން ނުކުތްގަޑީގައި ކުޑަ ކަބަޑު މަތީގައި އަހަރެން އިޝާ ނަމާދުކޮށްގެން ބޭއްވިގޮތަށް އޮތް މުސައްލާ ފެނުމުން މުސައްލާގައި ބާރަށް ބައްދައިގަނެވުނީ އެއީ މަންމަ ކަމުގައި ހީކޮށްގެންނެވެ. މުސައްލާގައި އޮޅުލައިގެން ހުރެ ރޮމުން އަހަންނަށް ޝަކުވާ ކުރެވުނެވެ. ގިސްލެވުނެވެ. މިނޫން ދުވަހެއް މިހަޔާތަށް ދައްކަވާތޯއެވެ. އަހަރެންގެ ހަނދާނަށް އާދެއެވެ. މީގެ 5 މަސް ކުރިން ފެއްޓިގެން އަހަރެންގެ ހަޔާތަށް އަހަރެންދެކެ ވަރަށް ލޯބިވާނެ ބައިވެރިޔަކު ދެއްވުމަށް އެދި ﷲ ގެ ހަޒްރަތުގައި ދުއާ ކުރީމެވެ. އެ ފަދަ މީހެއް ލިބޭނެ ދުވަހެއްގެ އުއްމީދުގައި ކޮންމެ ދުވަހަކުވެސް ހޭލަމެވެ.

އަހަރެންގެ ހަޔާތަށް މޫސުމީ ނަކަތެއް ފަދައިން އައި ބައިވެރިޔާގެ ހިލަމެއްވެސް އޭގެ ފަހަކުން ނުވެއެވެ. އެހެނަސް އޭނާއަށް އަހަރެންގެ ހިތް މިއަދުވެސް ވަރަށް ސާފެވެ. ދުނިޔެމަތީގައި އިމްތިހާނުތަކާ ދިމާވާނެއެވެ. ނަމަވެސް ކެތްކުރަން ވާނެކަން އަހަރެން އަބަދުވެސް ހަނދާންހުރެއެވެ. އަހަރެން އޭނާ ގަބޫލު ކުރީ އޭނާގެ ގޮތުގައެވެ. އޭނާގެ ޅައުމުރު މުންކަރާތްތަކުގައި ހޭދަކުރި ނަމަވެސް މިއަދު އޭނާ އެ އުޅުމާމެދު ދެރަވެއެވެ. ކުށް ކުރެވޭނީވެސް އިންސާނުންނަށެވެ. ވީއިރު އިންސާނާއަށް އަނެއް އިންސާނާއަށް ކުރެވޭ ކުށަކަށް މާފު ނުދެވެންވީ ކީއްވެހެއްޔެވެ؟ އެއީ އަހަރެން ގަބޫލުކުރާ ގޮތެވެ. ކޮންމެ މީހަކަށް ވެސް އިސްލާހުވުމުގެ ފުރުސަތު އޮވެއެވެ. ކާކުތޯވެސް ބަލާނުލާ އަހަރެންގެ ހަޔާތުން އެނާއަށް ފުރުސަތު ދިނީ ލޯތްބަތް ފެންބޮވައިގެންފައި ހުރި ވަރުންނެވެ. ކިތަންމެ ފުރުސަތެއް ދިނަސް އޭނާ ފަރާތުން އަހަރެން އެންމެ އުއްމީދުކުރި ގޮތެއް ނުފެނުނެވެ.  ނަމަވެސް އެންމެ ކުށަކުން އިންސާނަކާމެދު އިންސާފުކުރުންވެސް ވާނީ ނާއިންސާފަކަށެވެ. އެ ދިރިއުޅުމުން އަހަންނަށް ޖާގަ ނުލިބުނަސް  އެއްވެސް ޝަކުވާއެއްނެތެވެ. ބުނާތީ އަޑުއަހަމެވެ. ކޮންމެ ލަސްވުމެއްގެ ފަހަތުގައި މޮޅެއް އޮންނާނެއެވެ. އެހެން ކަމުން ހިތުން ނުތަނަވަސްކަން ފިލުވާލުމުގެ މަޤްސަދުގައި ދެ ރަކްއަތް ނަމާދެއް ކުރުމަށްފަހު ﷲއަށް ހަމްދުކޮށް ހެޔޮގޮތްމިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރީމެވެ. އަދި މާދަމާގެ އިރު އުދަރެހުން ފާއްދާލާއިރު އުފާވެރިކަމުގެ ކުލަވަރު ދޯދިތަކުން ބަބުޅާނެކަމުގެ އުންމީދުގައި އެނދަށް އަރާ ލޯމަރާލީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!