ޚަބަރު
ހުވަދު އަތޮޅުގެ ހުރިހާ ސުކޫލެއްގެ ދަރިވަރުން ކޮވިޑް-19 ވެކްސިން ޖަހައިފި

ރާއްޖޭގެ ސްކޫލްތަކުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދު ޢުމުރުގެ ސުކޫލް ދަރިވަރުން ކޮވިޑް-19 ވެކްސިން ޖެހުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ހުވަދު އަތޮޅުގެ ހުރިހާ ސުކޫލެއްގެ ދަރިވަރުން ކޮވިޑް-19 ވެކްސިންގެ ޖަހައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ރީޖަނަލް ހޮސްޕިޓަލް މެނޭޖަރ ޝަރީފް އަހްމަދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުން ވެކްސިން ޖެހުން މީގެ 2 ދުވަސް ކުރިން ފަށައި މިހާރު ވަނީ  12 އަހަރާއި 17 އަހަރާ ދެމެދު ދަރިވަރުން ކޮވިޑް-19 ވެކްސިން ޖަހައި ނިންމާފައި ކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވީ މުޅި އަތޮޅުގައި ވެސް މިހާރު ގިނަ ބަޔަކު ވަނީ ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ކަމަށެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހުވަދު އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ކަމަށްވާ ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ ގދ ގެ ސްކޫލް ދަރިވަރުންގެ ތެރެއިން 620 ދަރިވަރުން ވަނީ އިއްޔެ ވެކްސިން ޖަހާފައިކަމަށާއި ސަރުކާރުން ކަނޑައެޅި އުމުރުފުރާ އެއްކޮށް ކޮވިޑް-19 ވެކްސިން ޖަހާ ގާތްގަނޑަކަށް ނިމުނީ ކަމަށެވެ.
އެގޮތުން މަޑަވެލި ސްކޫލްގެ 120 ، ހޯނޑެއްދޫ ސްކޫލްގެ 66، ނަޑެއްލާ ސްކޫލްގެ 32، ވާދޫ 73، ގައްދޫ އަތޮޅު މަދަރުސާގެ 131 ، ފިޔޯރީ 67 ، ރަތަފަންދޫ 36 އަދި ފަރެސްމާތޮޑާ ގެ ހުވަދޫ ސްކޫލް ގެެ 96 ދަރިވަރުން އިއްޔެ ވަނީ ވެކްސިން ގެ ފުރަތަމަ ޑޯޒް ޖަހާފައިކަމަށެވެ ސާލިމް ވިދާޅުވިއެވެ.

Comment