ގއ ކަނޑުހުޅުދޫ އިން ކޮވިޑް-19 ބަޔަކު ފައްސިވުމާ ގުޅިގެން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގއ ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގް އަފީފް ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށުން އިއްޔެ ނެގުނު ސާމްޕަލްތަކުގެ ތެރެއިން 1 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، މިހާރު އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިން އަށް ލާފައި ކަމަށެވެ.
ތޯރިގް އިތުރަށް ވިދާޅުވީ، މިހާރު އެރަށުގައި ފިޔަވަޅުުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެރަށަކީ ވެކްސިން ޖެހޭ އާބާދީގެ 98 އިންސައްތަ މީހުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ރަށެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.