ގދ ތިނަދޫ ގެ މަގު ތަކުގެ ތެރެއިން ނުނިމި ހުރި މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީ އިން ބުނެފިއެވެ.
ހުވަދޫ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު އަރުވަމުން ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ.ތިނަދޫގައި މިހާރު ހުރި މަގު ތަކުގެ ތެރެއިން މިފަހަރު ހެދުމަށް ހަމަޖެހިފައިވަނީ ޖުމްލަ 655.82 މީޓަރުގެ މަގުކަމަށާއި އެމަގުތައް ހެދުމުގައި އިސްކަން ދޭނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދޭ ގޮތަށް މަގުތައް ހެދުމަށް ކަމަށެވެ އެގޮތުން، މަގުތަކުގައި ތާރު އެޅުމާއި މަގާއި ޕޭވްމަންޓް ޑިޒައިންކޮށް ހެދުމާއި ޒަމާނީ ފެންވަރުގެ މަގު ބައްތި ޖެހުމާޢި ސްޕީޑް ބްރޭކަރު އެޅުމާއި މަގުގައި ޒިބްރާ ކޮރޮސް ހެދުމުގެ އިތުރުން މަގުތަކުގައި ނިޝާން ހަރުކުރުން ތިނަދޫ ގެ ޕްރޮޖެކްޓްގައި ހިމެނޭ ކަމަށެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ތިނަދޫގެ ގިނަ މަގުތައް ވަނީ ހަދާފައެވެ. ތިނަދޫ ގެ މަގުތައް ހެދުމުގެ އާ މަޝްރުއުގައި އާރްޑީސީ އިން ސޮއިކޮށްފައި ވަނީ 8 އޭޕްރީލް 2021 ގައެވެ.
މިވަގުތު ސަރުކާރުގެ ކުންފުނި އާރުޑީސީއިން މަގުހެދުމުގެ 10 މަޝްރޫއެއް ކުރިއަށް އެބަގެންދެ އެވެ. އެ މަޝްރޫޢު ތަކަކީ މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއު އާއި ގދ.ގައްދޫ، ތ.ތިމަރަފުށި، ށ.މިލަންދޫ، އދ.މާމިގިލި، ޅ.ހިންނަވަރު. ކުޅުދުއްފުށިސިޓީ، ރ.ހުޅުދުއްފާރު، މ.މުލައް އިތުރުން ގދ.ތިނަދޫ ގެ މަޝްރޫޢު އެވެ.